ޔަތަލް; އަލިފުށި ދާއިރާގެ ކުރިއެރުމަށް ދާއިރާއާށް ފަރިތަ, ދާއިރާގެ ދަރިއެއް

އަލިފުށީ ދާއިރާގެ ގޮނޑި މިފަހަރު ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބުކޮށްދޭން, އެ ކޯލިޝަންގެ ޕްރައިމަރީގައި އަބްދުއްލަތީފު އަބްދުއްރަހްމާން (ޔަތަލް) ވާދަކުރައްވަން ނިންމައިފިއެވެ.
2011 ވަނަ އަހަރު ސިޔާސީ މަސައްކަތް ފެއްޓެވި ޔަތަލްއަކީ އޭރުއްސުރެ ދެގޮތެއް ނުވެ, ޕީޕީއެމް ފިކުރުގައި ހުންނެވި ބޭފުޅެކެވެ. ސިޔާސީ މަސައްކަތުގައި ރ އަތޮޅުގެ އަލިފުށި، ވާދޫ، ރަސްގެތީމު އަދި އަނގޮޅިތީމު ރައްޔިތުންނާއެކު ގަދަކޮށް ހުންނެވި ބޭފުޅެކެވެ.
އަލިފުށީ ކައުންސިލްގެ ރައީސްކަން ވެސް ކުރެއްވި ޔަތަލް މިފަހަރުގެ އިންތިޚާބަށް ނިކުމެގެން އެ ހުންނެވީ ވިދިވިދިގެން ދެ އަހަރު އެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުމުން އެކަން ބަދަލުކޮށްލުމަށެވެ. ކެރޭ ހިތްވަރުގަދަ ޔަތަލްއަށް އެކަން ވާނެ ކަމާމެދު އަލިފުށީގެ ޕީޕީއެމް/ޕީއެންސީ ލަޝްކަރުން ޝައްކެއް ނުކުރެއެވެ.

ޕީޕީއެމްގެ ކެންޕެއިން ހަރަކާތެއްގައި ޔަތަލް ވާހަކަފުޅު ދައްކަވަނީ; އޭނާއަކީ ޕީޕީއެމް އުފެދުނީއްސުރެ ދެގޮތެއް ނުވެ އެ ޕާޓީގައި ހުންނެވި ބޭފުޅެއް
ޔަތަލްއަކީ ސިޔާސީ ދާއިރާގެ އިތުރުން ވިޔަފާރީގެ ދާއިރާގައި ވެސް އަލިގަދަ ނަމެކެވެ. ބޯޓް ބިލްޑިން ދާއިރާއިން ތައުލީމް ހާސިލްކުރައްވާފައިވާ ޔަތަލްއަކީ އަމިއްލަ ވިޔަފާރިއެއް ހިންގަމުން އަންނަ ޤާބިލް ވިޔަފާރިވެއެވެ. އެތައް ކުންފުންޏެއްގެ މެނޭޖަރުކަން ކުރައްވާފައިވާ ކުޅަދާނެ ލީޑަރެކެވެ. ރައްޔިތުން ގޮވައިގެން މަސައްކަތް ކުރަން ދަންނާނެ ފިސާރި ރައްޔިތެކެެވެ.
"ރަށު ކުދިންނާއެކު ފުރަތަމަ ޒުވާންއިރު އަމިއްލަ ކްލަބެއް ގެންގުޅުނީ. އޭރުދެން ރަށު ތެރޭގައި އިޖުތިމާއީ ބައެއް ކަންކަންކުރަނި. މަދިރި އާލާވާ ތަންތަން ނައްތާލުން, މަގުތައް ސާފުކުރުން ކަހަލަ. އެގޮތަށް އުފެދުނު ޝައުޤުވެރިކަމެއް އެއީ މީހުންނާއެކު ގުޅިގެން, މުޖުތަމައަށް ފައިދާހުރި ކަމެއް ކޮށްދިނުމަކީ" ޔަތަލްގެ ސިޔާސީ ހަޔާތް ފެށުނު ގޮތް ހިއްސާކުރެވިއެވެ.
"ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރައްޔިތުން ބޭނުންވާ ކަންތައްތައް އަޅުގަނޑަށް އެނގޭ. ރައްޔިތުންނާއެކު އަޅުގަނޑު ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފިން. މިކަމަށް މިނުކުތީ ރައްޔިތުންގެ ޝަކުވާތައް އިނގޭތީ ޝަކުވާތައް ހިފައިގެން އެކަންކަން ހައްލު ކުރަން"

ރަށުގެ ބަޔަކާއެކު ޔަތަލް މަޝްވަރާގައި; އޭނާއަކީ ރަށު އެންމެން ދަންނަ ރަށަށް ފަރިތަ މޫނެއް
ޔަތަލް ޤަބޫލު ކުރާ ގޮތުގައި މިފަހަރު އަލިފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރާނީ ވެރިކަމުގައި އޮތް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ. ރަށަށް އެންމެ ރަނގަޅު ގޮތަކީ ވެސް އެއީ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.
"ސަރުކާރު މެންބަރެއް ހުރެގެން މިފަހަރު ރަށުގައި ވަރަށް ގިނަ ކަންކަން ފެށުނު. އެކަމަކު އެކަންކަން ނިންމެއް ނުލެވޭ. ފެށުނު އެއްވެސް ޕްރޮޖެކްޓެއް ނިންމައެއް ނުލެވޭ. ޑރ. މުއިއްޒުގެ ޒައާމަތުގައި ސަރުކާރާ ގުޅިގެން ބާރު ސްޕީޑްގައި އެކަންކަން ކުރެވޭނެ. އެކަން ކުރާނެ މީހަކީ އަޅުގަނޑު" އަލިފުށީ ދާއިރާގެ ތަރައްޤީގެ މުގުލުގައި ހިއްޕަވައިގެން ވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ޔަތަލް ދެއްވިއެވެ.

ޔަތަލް, ރައީސް ޑރ. މުޢިއްޒާއެކު
އަލިފުށީ ދާއިރާގެ ގޮނޑި މިދިޔަ ދެ ދައުރުގައި ނަގާފައިވަނީ އެމްޑީޕީންނެެވެ. އިދިކޮޅުގައި އޮވެ, އަދި ސަރުކާރުގައި އޮވެމެ ވެސް މާގިނަ ޚިދުމަތްތަކެއްކޮށެއް ނުދެވުނެވެ. ޔަތަލް މިފަހަރު މި ނިކުތީ އެކަން ބަދަލު ކުރާށެވެ. ޕީޕީއެމް/ޕީއެންސީގެ ހަލުވި ސްޕީޑްގައި ކަންކަން ކުރަން އަލިފުށީ ޕްރައިމަރީގައި ޔަތަލްއަށް ވޯޓް ދިނުމަށް އޭނާ އެދެއެވެ. މިފަހަރު ދާއިރާގެ ކުރިއެރުމަށް, ދާއިރާއަށް ފަރިތަ, ދާއިރާގެ ދަރިޔަކަށް އިތުބާރު ކުރައްވަން އޭނާ އެދެއެވެ.