ޚަބަރު

ކޮވިޑް-19: މުލަކުން 3 މީހަކު ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މ. މުލަކުން ތިން މީހަކު ކޮވިޑަށް ފައްސި ވެއްޖެ އެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި މުލަކުން ފައްސި ވެފައި ވަނީ އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ތިން މީހެކެވެ.

އެރަށުން ފައްސި ވެފައި ވަނީ ދެ އަންހެނުންނާއި ކުޑަ ފިރިހެނެއް ކުއްޖެއްކަން ވަނީ ހާމަވެފައެވެ.

އޮންލައިން ނޫސް "ވަގުތު" އިން ބުނެފައި ވަނީ މުލަކުން ފައްސިވީ ދެ އަންހެނުންގެ ތެރެއިން އެކަކީ އުމުރުން 50 އަހަރަށްވުރެ މަތީ މީހެއް ކަމަށާއި ދެވަނަ އަންހެން މީހާއަކީ 37 ނުވަތަ 38 އަހަރުގެ މީހެއް ކަމަށް އެރަށު ޓާސްކު ފޯހުން  މައުލޫމާތު ދީފައިވާ ކަމަށެވެ.

ޓާސްކް ފޯހުން ބުނެފައިވާ ގޮތުގައި އެމީހުން ކޮވިޑަށް ފައްސި ވެފައިވާކަން އެނގިފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މުލަކުން ތިން މީހަކު ފައްސިވެފައިވާއިރު، އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިހާތަނަށް އެއްވެސް ކޮންޓެކްޓެއް ފެނިފައި ނުވާ ކަމަށް ވެސް އެރަށު ޓާސްކު ފޯހުން ބުނެފައިވެއެވެ.

ފައްސިވެފައިވާ ތިން މީހުންނަކީ ދެ ތަނެއްގައި ކަރަންޓީނުގައި ތިބި މީހުންނެވެ. އެމީހުންނާއި އެކީ ދެން ކަރަންޓީނުގައި ތިބި މީހުންގެ ސާމްޕަލް ނައްސި ވެފައިވީ ނަމަވެސް، މިހާރު އިތުރު 14 ދުވަހަށް އެމީހުން ވަނީ ކަރަންޓީނުގައި ބައިތިއްބާފައެވެ.

މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، އަތޮޅު ތެރެއިން ވެސް މިހާރު ދަނީ ކޮވިޑް ކޭސްތައް ފެންނަމުންނެވެ. އެގޮތުން ކޮވިޑް ފެންނަމުން ދަނީ މާލެއިން ރަށްރަށަށް ގޮސް ކަރަންޓީނުގައި ތިބޭ މީހުންގެ ފަރާތުން ކަން ވެސް ފާހަގަ ކޮށްލެވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!