2024 ވަނައަހަރަށް ކުރީގެ ސަރުކާރުން އެކުލަވާލައި، މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ، އަލަށް ވެރިކަމާއި ހަވާލުވި ސަރުކާރަށް ޖައްސާފައި އޮތް ދަންތުރެއެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވުން ނާޒިމް ވިދާޅުވީ، ނިމުނު ސަރުކާރުން އަމަލުކޮށްފައިވާގޮތުން، ވަކިން ޚާއްސަކޮށް މަސައްކަތް ކުރުވާފައި ފައިސާ ނުދިނުމުގެ ސަބަބުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތި ލާންޖެހިފައިވާ ކަމަށް.
އަދި ސަޕްލިމެންޓަރީ ބަޖެޓަށް ބޭނުންވާ ފައިސާ ހަމަޖެހިފައި ނުވާތީވެ، މިހާތަނަށް އައިރު މިސަރުކާރަށްވެސް، ކުރީ ސަރުކާރުން މަސައްކަތްކުރުވާފައި ފައިސާ ނުދީވާ ފަރާތްތަކަށް ފައިސާ ދިނުމަށް އިންތިހާއަށް ދަތިވެފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވި.
މަސައްކަތްކުރުވާފައިވާ ފައިސާ ނުދީވާތީވެ، ކޮންޓެރެކްޓަރުންވެސް އިންތިހާއަށް ޝަކުވާކުރަމުންދާ ކަމަށާއި، ސަޕްލިމެންޓަރީ ބަޖެޓަށް ފައިސާ ހަމަޖެހިފައި ނުވާތީވެ، ދައުލަތް ހިންގުމަށްވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށް ވެސް ނާޒިމް ވިދާޅުވުފައިވޭ.
މީގެ އިތުރުން، މިފަދަ ހާލަތެއްގައި ގައުމުގެ ކަންކަން ހުރުމާއެކު، 2024 ވަނައަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ އެއްމެ ރަނގަޅަށް ހުށަހެޅިފައިވާ ބަޖެޓެއް ނޫންކަމަށާއި، 2024 ވަނައަހަރުގެ ބަޖެޓް އެކުލަވާލީ ކުރީ ސަރުކާރުގެ ފައިނޭންސް މިނިސްޓަރު ކަމަށްވުމާއެކު، މި ބަޖެޓަކީ އަލަށް ވެރިކަމާއި ހަވާލުވި ސަރުކާރަށް ޖައްސާފައި އޮތް ދަންތުރައެއްގެ ގޮތުގައި ދެކުމުގެ ޖާގަ އެބައޮތްކަމަށްވެސް ނާޒިމް ވިދާޅުވި.
އެކަމަށް ބާރުދެނީ ކުރީ ސަރުކާރުން ކޮށްދޭނެކަމަށް ވައުދުވެ، މަސައްކަތްފަށާ އެހެންނަމަވެސް ނުކުރެވި ހުރި ގިނަ ކަންކަން ކުރުމަށް މިބަޖެޓުގައި ހިމަނާފައިވާތީ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ދުނިޔޭގެ ކުރިއަރަމުން އަންނަ ގައުމު ތަކުގެ އިގްތިސާދު ފުނޑެނީ އޭގެ ތެރެއަށް އައިއެމްއެފް އާއި ވޯލްޑްބޭންކް ވަންނާތީއޭ އެއީ ބޭންކް ތަކެއް ނޫނޭ އެއީ އެމެރިކާ އާއި ހުޅަނގުގެ ޖާސޫސީ އިދާރާ ތަކޭ އެމެން އައިސް ގައުމު ތަކުގެ އިގްތިސާދު ޓެކްސް ނުނަގާ ކުރިއެރުން ތައް ހޯދާ ތަން ފެނުމުން ޕްރޮޕެގެންޑާ ފަތުރައިގެން ބުނަނީ ރައްޔިތުން ފެލާލާ ޓެކްސް ނަގަން ޖެހޭނެއޭ ސަބްސިޑީ ކަނޑާލަން ޖެހޭނެއޭ އެކަމަކު އެމެރިކާ އާއި ޔޫރަޕް އިންދޭ ސަބްސިޑީ ކަނޑާލަން އެމެން ނުބުުނެއޭ ދެން ރާއްޖޭގެ މަޖްލީހުގައި ތިބޭ ނުކިޔަވާ ތިބޭ ގަމާރުން ނަކީ ހިންދީ ލަވަތައް ކޮޕީ ކޮޮށްގެން ދިވެހިލަވަ ހަދާ ޖާހިލުން ކަމަށްވާތީވެ އެގަމާރުން އުނގުން ވިސްނައިގެން ހަދާނީ އައިއެމްއެފް އާއި ވޯލްޑް ބޭންކް އިން ބުނާގޮތޭ ހަގީގަތުގައި އެއްވެސް ޓެކްސް އެއް ނުނަގާ ވެސް މިގައުމު ހިންގޭނެއޭ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ ބިން ތައް ވިއްކަމުން ކޮންމެ މަހަކު ދާނަމަ..