ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ޑިސެމްބަރު ހަތަކަށް ދިގުދަންމާލަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގައި ހިނގަމުން މިދާ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ކުރިއަށް އޮތް ޑިސެމްބަރު ހަތްވަނަ ދުވަހުގެ ނިޔަލަށް ދިގުދަންމާލުމަށް ނިންމަވައިފިއެވެ.

Ads by STELCO

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ މިގޮތަށް ނިންމާފައިވަނީ މިދައުރުގެ މުހިއްމު މަސައްކަތްތަކެއް ނުނިމި ހުރުމުން ކަމަށާއި މި ދައުރު ނިމުން ކައިރިވެފައިވާއިރު އެ މަސައްކަތްތައް ނުނިމޭނެ ކަމަށް ލަފާކުރެވޭތީ ކަމަށެވެ.

އަސްލަމް ވިދާޅުވީ ދައުރު ދިގުދަންމާލަށް މަޖިލީހުގައި މިއަދު ވޯޓަށް އައްސަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދާ އެންމެ މުހިއްމު ދެ މައްސަލަ އަކީ ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމާއި، އާ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައެވެ.

މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހެޅުނު މަސައްކަތްތައް ނިންމާލުމަށް ފަހު މަޖިލިސް ޗުއްޓީއަށް ގޮސްފައިވަނީ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. މިއަހަރުގެ ދެވަނަ ދައުރުގެ މަސައްކަތް ފަށާފައިވަނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.

Ads by Ooredoo
  1. ނެތީމޭ

    ވަޒީރުންނަށް ރުހުންދެވޭނީ އެއީ އެމެންގެ މާލީ ބަޔާން އިއުލާން ކޮށް އަދި ރާއްޖޭގެ ޝަރުއީ ކޯޓަކުން އެމެން އަދާ ކުރަން ޖެހޭ ދަރަންޏެއް ނެތް ކަން ސާބިތު ވުމުންނޭ މިކަން ކަން ސާފުނުކޮށް އެއްގޮތަކަށް ވެސް ވަޒީރުންނަށް މަޖްލީހުގެ ރުހުން ދިނުމަކީ އެއީ ގުޑް ގަވަރނެންސްގެ ކޯރޑް އޮފް ޕްރެކްޓިސްގެ 11 ވަނަ މާއްދާ އާއި ޚިލާފަށް ކުރެވޭނެ ކަމެއް ކަމަށްވާތީވެ މިވާހަކަ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ…