ޚަބަރު ސިޔާސީ

ޑިމޮކްރެޓްސްގެ ރައީސްކަން ލިބިއްޖެނަމަ ޒުވާން ލީޑަރުންތަކެއް ޕާޓީތެރެއިން އުފައްދާނަން: އަމްރު

ޙައްވާ އިނާޝާ ، ދެން އޮންލައިން

ދަ ޑިމޮކްރެޓްސްގެ ރައީސްކަން ލިބިއްޖެނަމަ 2028 ވަނަ އަހަރު އަންނަން ވާއިރަށް ޒުވާން ލީޑަރުންތަކެއް ޕާޓީތެރެއިން އުފައްދާނެ ކަމަށް ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރައްވާފައިވާ އަދި މިހާރު އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަމްރު ވިދާޅުވީ ޒުވާނުންނަށް ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެ ސިޔާސީ ޕާޓީން ފުރުސަތު ހުޅުވާލުމުން އެ ނިމުނީ ނޫން ކަމަށެވެ. އަދި އެހެން ބުނެ ނިންމާލުމުން ޒުވާނުން ވަގުތުން ޕާޓީއަށް ވަދެ ބައިވަރު މަސައްކަތްތަކެއް ކުރަން ފަށަނީ ނޫން ކަމަށާއި އެކަން ހިނގާގޮތަކީ އެއީ ނޫންކަން އަމްރު ވަނީ ފާހަގަކުރައްވާފައެވެ.

ސިޔާސީ ހަޔާތުގައި ޅަ ދުވަސްވަރުގެ އަމިއްލަ ތަޖުރިބާ ހިއްސާކުރައްވާ އަމްރު ވިދާޅުވީ އެ މަނިކުފާނުގެ ވިސްނުން ހުރީ ދަ ޑިމޮކްރެޓްސްގެ ރައީސް ކަން ލިބިއްޖެނަމަ ޕާޓީގައި ޓްރެއިނިން އެކަޑަމީއެއް ހެދުމަށް ކަމަށެވެ.

އެގޮތުން މި އެކަޑަމީގައި ޒުވާނުންނާއި އަންހެނުންނަށްވެސް މިކަމުގެ ތެރޭގައި ކުރިއަށްދާނެ ބައިވަރު ޕްރޮގްރާމްތަކާއި ޓްރެއިނިންތައް އެކަޑަމީގައި ކުރިއަށްގެންދަން ވިސްނާފައިވާ ކަމަށް އަމްރު ވިދާޅުވެފައި ވެއެވެ.

ސިޔާސީ ޕާޓީއެއްގައި ހަމައެކަނި މުހިންމު ކަމަކީ ޕޯޑިއަމަކަށް އަރާ ވާހަަކަދެއްކުން ނޫންކަން ފާހަގަ ކުރައްވާ އަމްރު ވިދާޅުވީ ޕާޓީތެރޭގައި ބައިވަރު ޓެކްނިކަލް ކަންކަންވެސް ކުރަން ހުންނާނެ ކަމަށެވެ.

މިގޮތުން ޕާޓީތެރޭގައި ބައިވަރު ކޮމިޓީތައް ހަދަން ހުންނާނެ ކަމަށާއި އެ ކޮމިޓީތަކުގައި ގިނަ މަސައްކަތްތައް ކުރާ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އަމްރުގެ ވިސްނުން ހުރީ 2028 ވަނަ އަހަރު އަންނަަން ވާއިރަށް ވަރަށް ބޮޑަށް ޕާޓީތެރެއިން އަންހެންކަނބަލުންވެސް ހިމެނޭހެން ޒުވާނުން ތަމްރީނު ކޮށްގެން ކެރޭ ލީޑަރުންތަކެއް އުފެއްދުން ކަމަށް ވަނީ ވިދާޅުވެފައެވެ.

ދަ ޑިމޮކްރެޓްސް އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި އެ މަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އިސްވެ ތިއްބަވާ އުފައްދާފައިވާ ޕާޓީއެކެވެ. އަދި އެ ޕާޓީ ރެޖިސްޓްރީކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ.

  1. ސައްތާރުބެ

    ޑިމޮކްގެ ރައީސްކަން ހޯދަން އަމްރުއަށް ވަރަށް ފަސޭހަވާނެ ނަޝީދުގެ ކޮއްކޮ ނާޒިމްސައްތާރުއާ ގުޅުންއުފައްދަނިކޮށް. ނަޝީދުގެ ވެރިކަމެއް އައުމުން އަލަމްގިރިއަށް ބަނޑާރަނައިބުކަން ދޭގޮތަށް އޮތީ.