ޚަބަރު

މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ އިސްތިއުފާ ދެއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

Ads by STELCO

ނައިބް ރައީސްގެ މަގާމުން އީވާ އިސްތިއުފާ ދެއްވާފައި ވަނީ، އީވާ ވަކިކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާގައި ކުރިއަށް ދަނިކޮށެވެ.

މަޖިލީހުގެ ތަޅުމަށް އީވާގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދުއެވެ.

މަޖިލީހުގެ ނައިބުރައީސްކަމުން އީވާ ވަކިކުރަން އެމްޑީޕީގެ 50 މެމްބަރުން ސޮއިކުރައްވައި ހުށަހެޅުއްވި ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށް، އެ މައްސަލާގައި ޖަވާބުދާރީ ވާން ދިން ފުރުސަތުގައި އީވާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އޭގެފަހުން ވަނީ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައެވެ.

އީވާގެ އިސްތިއުފާގެ ސިޓީ ލިބުމާއެކު މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ ގަރާރުގެ މައްސަލަ ކުރިއަށް ނުގެންދިއުމަށެވެ.

މި މައްސަލައިގެ ބަހުސްގައި ޖަވާބުދާރީވާން ދެއްވި ފުރުސަތުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރުމުގައި ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާއި ގާނޫނަކާވެސް ހިލާފުވެފައިނުވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!