ހިޔާ ފްލެޓްގެ ކުލި 3,984އަށް ކުޑަކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުގެ ރައްޔިތުން މަހަކު ދައްކަން ޖެހޭ އަދަދު 3،984 ރުފިޔާއަށް ހަދާ, ކުލި ކުޑަކޮށްފިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ރައީސް ޑރ. މުއިއްޒު ވަނީ، ހިޔާ ފްލެޓްގެ ފިނިޝިންއަށް ދިޔަ ޚަރަދު ދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
އެ ވައުދު ފުއްދަވަމުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ, ފްލެޓް ލިބުނު ފަރާތްތަކުން އަގުގެ 200،000ރ. އުނިކޮށް ދިނުމަށްޓަކައި ހިޔާ ފްލެޓްގެ ކުލި ހަތް އަހަރަށް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
"މުއްދަތަށް ބަދަލެއް ނައިސް، އެފެކްޓިވްލީ ދެ ލައްކަ ރުފިޔާ ކޮންމެ ފްލެޓަކުން އަޅުގަނޑުމެން މި އުނިކޮށްދެނީ،" ރައީސް, މުއިއްޒު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ އެކަން ހަމަޖެއްސުމަށްޓަކައި ފިނޭންސް މިނިސްޓްރީ ހިމެނޭ ގޮތަށް، ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށާއި އެ ލުއި ދެވޭނެ ގާބިލުކަން އޮތް ކަމަށެވެ.
"ދެން އެކަންތައް ހުށަހަޅާ، އަޅުގަނޑުމެން މި ނިންމީ. ދެ ލައްކަ ރުފިޔާއަށް ވާވަރަށް ފްލެޓުގެ އަގުން އުނިކުރާ ގޮތަށް" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިންމަން ކުރި ހަރަދުން 200000 ރުފިޔާ އަނބުރާ ދޭނެ ކަމަށް ރިޔާސީ އިންތިހާބުގައި މުއިއްޒުވަނީ ވައުދުވެފައެވެ.
ދަރަނި ވީ ތަން ކިހިނެއްތިވީ… ބޯހަލާކު….