އާސަންދައިން ދަރިމައިވުމުގެ ފަރުވާގެ ޚިދުމަތްތައް ލިބޭ ގޮތް ހަދައިފި

އާސަންދައިގެ ތެރެއިން ދަރިމައިވުމުގެ ފަރުވާ ހަމަޖައްސަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
މިހާރު އުސޫލު އޮންނަ ގޮތުން ދަރިމައިވުމުގެ ފަރުވާ އާސަންދައަކުން ނުލިބެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ, އާސަންދައިން ދަރިމައިވުމުގެ ފަރުވާގެ ޚިދުމަތްތައް ލިބޭ ގޮތަށް ހަދަން މިއަދު ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް މި ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ, އައިޖީއެމްއެޗުގައި ހުންނަ ފާޓިލިޓީ ސެންޓަރު ވެސް އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.
"މި ޚިދުމަތް ދިނުމަށް ރާއްޖޭގައި ޚިދުމަތްދޭ ހޮސްޕިޓަލުތަކުންނާއި ރާއްޖެއިން ބޭރުން ޚިދުމަތް ލިބޭނެ މަރުކަޒުތައް ކަނޑައެޅޭނެ" ރައީސް ޑރ. މުޢިއްޒު ވިދާޅުވއިެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ, ފާޓިލިޓީ ޚިދުމަތްތައް ފުޅާކުރުމަށް އަންނަ އަހަރު ބަޖެޓްގައި 30 މިލިޔަން ރުފިޔާގެ ފާޓިލިޓީ ފަންޑެއް އޮންނާނެ ކަމަށެވެ.
އަދި ޑޮކްޓަރުން ލަފާ ދީފިނަމަ ދޭ ލަފާގެ މައްޗަށް އަހަރަކު ދެފަހަރު އާސަންދައިގެ ތެރެއިން އެކި ކަހަލަ ޕްރޮފައިލްތައް ހަދައިދީ, ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް މެދުވެރިކޮށް ފަސޭހައިން މިކަން ކުރެވޭނެ ގޮތަށް ހަދައިދޭނެ ކަމަށެވެ.
"އެ ހިދުމަތް ނެތްކަމުގައި ވަނީނަމަ އާސަންދަ ސްކީމުގައި ރަޖިސްޓްރީކޮށްފައި ހުންނަ އަމިއްލަ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުންވެސް މިކަން ކުރެވޭ ގޮތަށް ހަމަޖެހިގެންދާނެ'' ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މެޑިކަލް ޗެކްއަޕް ވެގެންދާނީ ބަލި ޖެހުމުގެ ކުރީގައި ބަލިން ރައްކާތެރިވުމަށް ސަރުކާރުން ގެންގުޅޭ ''ޕްރެވެންޓިވް ހެލްތު ކެއާ'' އަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
ޙެޔޮނުވަަނެ ެވަރަހ ވެރިަކަހ ބަވަނވަނ ހަަަަދހަަ ނަަ ތހަހުޒެެބެޔ