ޚަބަރު ސިޔާސީ

އައްޑުއަށް ފެން ލިބުން ލަސްވާތީ، ރޮޒައިނާގެ ނުރުހުން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ޙައްލު ނުވާތީ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރޮޒައިނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޓެގް ކުރައްވައި ވިދާޅުވީ، އައްޑުއަށް ފެން ނުލިބުމަކީ ދެރަ ކަމެއް ކަމަށް ވިދާޅުވެ، އެ ސިޓީގެ ރައްޔިތުން އުޅޭނެ ޙާލު އިޙުސާސް ކުރެވޭތޯ ސުވާލު ކުރައްވައިފައެވެ.

"ސަރުކާރަށް މިކަން ނުވޭ ދެއްތޯ ކަމަކަށް. އައްޑުއަށް އިހުމާލުވުމަކީ ތިބޭފުޅުންނަށް އާދައިގެ ކަމެއް."އޭނާގެ ޕޯސްޓުގައިވެއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ސްޕްލައި ފެނުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް އިއްޔެ އައްޑު އަށް ގެންދިޔަ ސްޕެއާ ޕާޓް ނުވަތަ ވީއެފްޑީ ޑްރައިވް އިންސްޓޯލް ކުރި ނަމަވެސް، އެއަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ.

އެމްޑަބްލިއުއެސްސީއާ ވާހަކަދައްކައިގެން އިތުރު ވީއެފްޑީ ޑްރައިވެއް އައްޑު އަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ފެނަކައިން ބުނެއެވެ.

Ads by Ooredoo
  1. އަލިފު ޙާ!

    ހީރަސް ކެނޑި ޞަފުޙާތައް އެގޮތް މިގޮތް ވެފައިވާ ބައިބްލް އެއް މި އަޑަފީގައިވޭ!

  2. ސަރަގު

    އޭކަލޭ އަދިވެސް ތި ނުތާހިރު ނުލަފާ އަނގަ މައިތރި ކޮށްބަލަ. ރީތިކޮށް ނެގެންއޮތް ދައުރެއް ގެއްލިގެންދިޔައީ ކަލެއާ ކަލޭގެ އަލަމްގިރި ފިރިޔާހުރެ

    • ސިރާޖު

      ވާހަކަދައްކަން ފުރަތަމަ ޢައުރަނިވާކުރުން ރަގަޅުވާނެ

  3. ދޮށީބޭ

    ރޮޒައިނާ އުޅެނީ ސިޔާސީގޮތުން މާބޮޑަށް ފިރިހެންދުޅާކޮށް،ތިހާ ލަދުހަޔާތްކެނޑިގެން އަނގަދަކޮށްގެން އުޅުމަކީ،މުސްލިމް އަންހެނުންނަށް އެއްގޮތަކަށްވެސް ހުއްދަކަމެއް ނޫން..ހައްދެއް ހުދޫދެއްނެތި ދުލުގެބޭނުންކުރުމަކީ[ވަކި ރޮޒައިނާއެއްނޫން] އެއްވެސް މުސްލިމަކަށް ހުއްދަވާނެކަމެެއް ނޫން..ރޮޒައިނާއުޅޭގޮތުން ގިނަ އަންހެނުން ތިބެނީ ވަރަށް ލަދުން..މަޖްލިސް މެންބަރުކަމަށް ކުރިމަތިލުމަށް ޖެހިލުންވެފަ.