ޚަބަރު

ޕީޕީއެމްގެ މިނިސްޓަރެއްގެ ގޮތުގައި ބިރަކާ ނުލާ ދުންޔާ މުޅި ދުނިޔެއާ ކުރިމަތިލި: ރައީސް މައުމޫން

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރައްވަވާ ދުންޔާ މައުމޫނަށް، އެ ކަމަނާގެ ބައްޕާފުޅު، ރައީީސް މައުމޫން ޢަބްދުލްޤައްޔޫމް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައި، ކާމިޔާބީއަށް އެދިވަޑައިގެންފިއެވެ.

Ads by Hajj Corporation

ދުންޔާ ވާދަ ކުރައްވަނީ، ހުޅުމާލެ ދެކުނު ދާއިރާއަށެވެ. އެ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ފޯމު ހުށަހަޅުއްވައި، ދުންޔާ ވިދާޅުވީ، އޮތީ ދާއިރާ އަށް ޚިދުމަތް ކުރެއްވުމުގެ އިޙްލާސްތެރި ނިޔަތެއް ކަމަށާއި، ދާއިރާގެ ރައްޔިތުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީީސް މައުމޫން އެ މަނިކުފާނުގެ ދަރިކަނބަލުންގެ މި ނިންމެވުމާއި ގުޅިގެން، އެ ކަމަނާ އަށް ތަޢުރީފު ކުރައްވައި، ޕީޕީއެމް ވުޖޫދަށް ގެނައުމުގެ މަސައްކަތުގައި ދުންޔާ އުޅުއްވި ކަމަށް ވިދާޅުވިއެވެ. އެ ޕާޓީގައި ހުންނަވައި، އެންމެ ފުރަތަމަ އަންހެން ޚާރިޖީ ވަޒީރުގެ ގޮތުގައި، ދުންޔާ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓެވުމަށް ދުނިޔެއާއި ކުރިމަތިލެއްވި ކަމަށް ވެސް ރައީީސް މައުމޫން ވިދާޅުވިއެވެ.

އެމްއެންޕީގައި ހުންނެވުމަށްފަހު، ދުންޔާ އަލުން ޕީޕީއެމާއި ގުޅިވަޑައިގެންނެވީ، ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ތެރޭގައެވެ.

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަ ކުރެއްވުމަށް ދުންޔާ ނިންމެވިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންހެނުން ބާރުވެރި ކުރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެ ކަމަނާ ގެންދަވަނީ ތަޢުރީފު ކުރައްވަމުންނެވެ.

Ads by HDC
  1. ގޮދާ ހަސަނު

    ޢަހަރުމެން އަބަދުވެސް ރައީސް މައުމޫނު ވިދާޅުވާ އެއްޗަކާ އޯކޭ.

  2. ދޮށީބޭ

    ރައީސް މައުމޫނަކީ ރައީސްކަމުގަ އޭގެދެވަނައެއްނެތްފަދަ ލީޑަރެއް!ފީރުޖެހިފީރުކިޔާގޮތަށް،ރައީސްޖެހިރައީސް..މަނިކުފާނަށް،މަރުޙަބާ!

  3. ހިތުގެ އަޑިން ތިކަން ގަބޫލު ކުރަން ވ ހަރުދަނާ މަސައްކަތެއް ކުރެއްވި ފޮރިންމިނިސްޓަރެއް ސާބަސް ދުންޔާ މައުމޫން