ޚަބަރު ސިޔާސީ

ވަޒީރުންނަށް ރުހުން ދިނުން ލަސްކުރާ މައްސަލައިގައި ޝުޖާޢުގެ ވަރުގަދަ ރައްދެއް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރޭގެ ޖަލްސާގައި ޝުޖާއު ވާހަކަފުޅު ދައްކަވަނީ

އައު ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުން އެމްޑީޕީގެ ސަރުކުން ލަސް ކުރާއިރު، 2018 ވަނަ އަހަރުގައި އެ ޕާޓީއަށް ވެރިކަން ލިބުމުން، ޢަމަލު ކުރި މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު، އަދި ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާޢު ވިދާޅުވެދެއްވައިފިއެވެ.

Ads by Sosun Fihaara

އޭނާ މިހެން ވިދާޅުވީ، ވަޒީރުންގެ މަޖިލިހަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން މަޖިލިހުގެ ތަޅުމަށް ފޮނުވި ރިޕޯޓު ފުރިހަމަ ނުވާކަމަށް ނިންމާ، ރިޕޯޓު އެޖެންޑާއިން އުނިކޮށް އަލުން އިސްލާހު ކުރުމަށް ރިޕޯޓު އަލުން ކޮމިޓީއަށް ފޮނުވުމުންނެވެ.

ޝުޖާޢު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިމިދިޔަ ‎ސަރުކާރުން ވަޒީރުންނަށް ރުހުން ދިނުމަށް އެދި ރައީސް އޮފީހުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 22 ވަނަ ދުވަހު ކަމަށެވެ.

"ރުހުން ދިނުމަށް ފާސްކޮށްވަނީ 4 ޑިސެމްބަރ 2018ގައި. ވުޒާރާތަކުގެ މެންޑޭޓް މަޖިލީހަށް ފޮނުވާފައިވަނީ 13 ޑިސެމްބަރ 2018ގައި." ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު ވަނީ މިއަދު އެމްޑީޕީން މި ދައްކަނީ ކޮންކަހަލަ ދެކޮޅު ނުޖެހޭ ވާހަކައެއްތޯ އައްސަވައި، ދިވެހީން ހަމަ އެހައި ގަމާރުކަމަށް ދެކެނީތޯ ވެސް ސުވާލު ކުރައްވައިފައެވެ

  1. މަޖިލިސް އުވާލުމުގެ ބާރު ރައީސަށް ލިބެންޖެހޭ