ވެލާނާ އެއާޕޯޓްގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނައިބު ރައީސް ބައްލައްވާލައިފި

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ގާއިމްކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްލަވައިލައްވައިފިއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ވެލާނާ އެއާޕޯޓް ގެ ހިދުމަތްތައް އަލުން ފަށާފައިވަނީ ޖުލައި މަހުގެ 15 ދުވަހުން ފެށިގެންނެވެ.
ނައިބު ރައީސް ފައިސަލްއާއެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްގެ އިތުރުން އެއާޕޯޓުގެ ސްޓޭކްހޯލްޑަރުން ވެލާނާ އެއާޕޯޓްގެ މަސައްކަތްތައް ބައްލަވާލެއްވިއިރު، އެކަމުގެ މައުލޫމާތުތައް ފައިސަލް އަށް އެރުވީ، އެއާޕޯޓް ހިންގުމާއި ދާދި ފަހުން ހަވާލުވި ގޯޑަން އެންޑްރޫ ސްޓުއާޓް އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފައިވާ ގޮތުގައި ނައިބު ރައީސްގެ އެ ޒިޔާރަތުގައި ސްޓުއާޓް، އެއާޕޯޓުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މައުލޫމާތު އަރުވާފައިވާ ކަމަށެވެ.