ޚަބަރު ސަރުކާރު ސިޔާސީ

އެމްޑީޕީ އަކީ ދޮގަށް ފަރިތަ ޕާޓީއެއް: ޝުޖާއު

ޙައްވާ އިނާޝާ ، ދެން އޮންލައިން

އެމްޑީޕީ އަކީ ވަރަށް ދޮގަށް ފަރިތަ ޕާޓީއެއް ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާޢު ރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝުޖާޢު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެ ސަރުކާރުން ކުރިއަށްގެންދާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢުއާ ގުޅޭގޮތުން އެމްޑީޕީން ދައްކަމުން އަންނަ ވާހަކައަށް އިޝާާރާތް ކޮށެވެ.

އެގޮތުން ޝުޖާޢު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސް މުޢިއްޒު ރާއްޖޭގެ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ހައްލު ގެނެސްދޭތީ އެމްޑީޕީ އުޅެނީ ހަޖަމްނުވެގެން ކަމަށެވެ.

ހަމަ އެހެންމެ ޝުޖާޢު ވިދާޅުވީ އެމްޑީޕީން އެ މަސައްކަތް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދަން މަސައްކަތްކުރި "ފާފު މަޝްރޫޢު" ހުއްޓުވި ގޮތަށް މި ސަރުކާރުގެ ރަސްމާލެ މަޝްރޫޢު ވެސް ހުއްޓުވޭތޯ ކަމަށެވެ.

ފާފު މަޝްރޫޢުވެސް އެމްޑީޕީން ހުއްޓުވީ ދޮގުހަދައިގެން ކަމަށާއި އެމްޑީޕީ އަކީ ވަރަށް ދޮގަށް ފަރިތަ ޕާޓީއެއް ކަމަށްވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައްޔިތުން އެމްޑީޕީން ދައްކާ ވާހަކަ މިހާރު ގަބޫލު ނުކުރާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

މި ސަރުކާރުން ކުުރިއަށްގެންދާ ރަސްމާލެ މަޝްރޫއާ އެކު މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މުޅި މައްސަލައަށް ޙައްލު އަންނާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ޕްލޭންކޮށްފައި ވަނީ މާލެ ސަރަހައްދުން ގޯތިގެދޮރު ބޭނުންވާ ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަށްވެސް އެފުރުސަތު ލިބޭނެ ގޮތަށް ކަމަށް ސަރުކާރުން ހާމަކުރެއެވެ.

Ads by Ooredoo
  1. އަލީ ޝަމީމް

    ކްރޮސް ސަބްސިޑީގެ ދަށުން ރިސޯޓް ތަރައްޤީ ކުރުމަށް ފަޅު ފަޅާއި، ފަޅު ރައްތައް، ހުރިހާ ސަރުކާރު ތަކުން ދޫކުރި. ނަމަވެސް ރާއްޖޭގެ މީހުން ދިރި އުޅޭ ރަށަކުންނާއި، މީހުން ދިރިއުޅުމަށް ހިއްކާ ރަށަކުން، ބޮޑު ބައެއް ކުއްޔަކާ ނުލާ ބޭރުގެ ބަޔަކަށް ދިން މީ ފުރަތަމަ ފަހަރު.

  2. އަޒުލްކުރޭ

    މިސަރުކާރުގެ އެއްވެސް ވަޒީރަކަށް ރުހުން ދޭން ނުޖެހޭނެއޭ ސަބަބަކީ ފުށިދިއްގަރު ފަޅު ހިއްކުމުގެ ކަންކަން ވެސް ވަނީ އެމެން ވަރަށް ބޮޑަށް އޮޅުވާލާ މަކަރާއި ހީލަތުގެ ދަށުން އެކަން ކޮށްފައޭ އެމްޓީސީސީގެ ހުރިހާ މެޝިންސް ތަކާއި ކޮންނަ ބޯޓް ގައި ފުށިދިއްގަރު ފަޅު ހިއްކަނީ އެތަނުން ހިއްކާ ބިންތަކުން ވަކި އަދަދެއް ލަންކާ ކުންފުންނަށް ދިނުން މައްސަލަ އެއް ނޫން އެކަމަކު ހުޅުމާލޭން 1 ހެކްޓަރުގެ 1000 ބިން ލަންކާ ކުންފުންނަށް ހިލޭ މުއިއްޒު ދިނުން އެއީ ސީދާ ވައްކަމޭ ވަގުންތައް ކުރަނީ ވަގުންނޭ މިރާއްޖެ ދެވަނަ ފަލަސްތީނަށް ބަދަލު ކުރުމުގެ މަރުހަލާ ލަންކާގެ ވަގު ކުންފުންނަކާއި ގުޅިގެން ކުރި މީހަކީ މުއިއްޒުއޭ އޭނާ ޖެހޭނެއޭ އަޒުލް ކުރަން މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ