ޚަބަރު

ހުޅުމާލެ ފޭސްދޭކަށް ދިރުން ގެންނާނެ ކަމަށް ވިދާޅުވެ، މޫކޭ ހުޅުމާލެ އުތުރު ދާއިރާއަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަން އާރްޑީސީގެ ކުރީގެ އެމްޑީ، މޫސާ ޢަލީ މަނިކު( މޫކޭ) ނިންމަވައިފިއެވެ.

Ads by STELCO

މިކަން ހާމަކުރެއްވީ، އޭނާ މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް އެ ޕާޓީގެ ފަރާތުން ބާއްވާ ޕްރައިމަރީގައި ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރުމަށް ނިންމައިފީމެވެ." މޫކޭގެ ފޭސްބުކް ޕޯސްޓުގައިވެއެވެ.

އޭނާ ވިދާޅުވީ، މާތް ﷲ ގެ ވާގިފުޅާއި އެކު ހުޅުމާލެ "ފޭސް ދޭކަށް ދިރުން" ގެނެސް އަސާސީ ޙައްޤުތައް ހޯދައިދިނުމަށް ބިރެއް، އިމެއްނެތި ވަކާލާތު ކުރުމަށާއި، ކޮޅެއް މެދެއް ނުފެންނަ މާލޭ ދަފްތަރަކީ މާލޭގެ ރައްޔިތުންގެ ގޮތުގައި ބަލައިގަތުމާއި އެކު "ދަފްތަރަށް ޤާނޫނީ ފަރުވާއިން" ދާއިމީ ޙައްލެއް ގެނެސްދިނުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑުގެ އެދުމަކީ މި ދާއިރާއަށް ނިސްބަތްވާ ހުރިހާ ރައްޔިތުންގެ ތާޢީދާއި މަދަދު މިކަމުގައި އަޅުގަނޑަށް ދެއްވުމެވެ."

މޫކޭ ވަނީ، މި ކެމްޕެއިންގައި ބައިވެރިވެ، އޭނާއަށް އެހީވާާން ބޭނުންވާ ފަރާތްތަކުން 9126666 އަށް މެސެޖުކޮށްލުން އެދޭ ކަމަށެވެ.

މަޖިލިސް އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު، ވާދަވެރި އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ވަނީ ޕްރައިމަރީ އަށް ވެސް ހުޅުވައިލައިފައެވެ.

 

Ads by Ooredoo
  1. އަޒުލްކުރޭ

    މިސަރުކާރުގެ އެއްވެސް ވަޒީރަކަށް ރުހުން ދޭން ނުޖެހޭނެއޭ ސަބަބަކީ ފުށިދިއްގަރު ފަޅު ހިއްކުމުގެ ކަންކަން ވެސް ވަނީ އެމެން ވަރަށް ބޮޑަށް އޮޅުވާލާ މަކަރާއި ހީލަތުގެ ދަށުން އެކަން ކޮށްފައޭ އެމްޓީސީސީގެ ހުރިހާ މެޝިންސް ތަކާއި ކޮންނަ ބޯޓް ގައި ފުށިދިއްގަރު ފަޅު ހިއްކަނީ އެތަނުން ހިއްކާ ބިންތަކުން ވަކި އަދަދެއް ލަންކާ ކުންފުންނަށް ދިނުން މައްސަލަ އެއް ނޫން އެކަމަކު ހުޅުމާލޭން 1 ހެކްޓަރުގެ 1000 ބިން ލަންކާ ކުންފުންނަށް ހިލޭ މުއިއްޒު ދިނުން އެއީ ސީދާ ވައްކަމޭ ވަގުންތައް ކުރަނީ ވަގުންނޭ މިރާއްޖެ ދެވަނަ ފަލަސްތީނަށް ބަދަލު ކުރުމުގެ މަރުހަލާ ލަންކާގެ ވަގު ކުންފުންނަކާއި ގުޅިގެން ކުރި މީހަކީ މުއިއްޒުއޭ އޭނާ ޖެހޭނެއޭ އަޒުލް ކުރަން މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ މުއިއްޒު އަޒުލްކުރޭ

  2. މުޖުތާޒު

    އަހަރެންމީ ހުޅުމަލެ ފޭސް 2 ގެ ރަށްވެސްސެއް ނިކަންރަގަޅުވާހަކައެއްބުންން މޫކޭ ކަލެއްށްވޯޓްދޭނީ ހިންނަވަރު މާހިރުއާ ރައީސް ޔާމީނުއަށް ހުކުމްކުރި އަލީ ރަޝީދު އިތުރުމީހަކު ނޫޅޭ ކަލޭކަހަލަ ވަގެއް ރައްޔިތުންގެ މަޖިލީހަށް ހޮވަން

    • ޢަހަރެންމީ ފޭސް 2 ގެ މީހެން މުޖުތާޒު ކޮންމެ މުންޖަކަސް އަހަރެމެންނަަށް މޫކޭ އޯކޭ ހަމަ. ށަރުކާރުތައް ފެލައިގެން ކައިމީހުން ތިބޭ މީހުނާ ގެޅެން

  3. ނުދޭތި

    މިސަރުކާރަށް އެއްކަމެއް ވެސް ނުވާނެއޭ ސަރުކާރުން ހަދަނީ މުޅިން ދޮގޭ ބޭނު.މަކީ މަޖްލީހުގެ ރުހުން ނުލިބޭނެތީވެ ދެން ކޮންމެވެސް ކައްޕަޅި ވާހަކައެކޭ ދައްކަނީ މިސަރުކާރުގެ ހާކިމާ އަކީ އޭނާ އަމިއްލަ ސިކުނޑިން ނުވިސްނާ އުނގުން ވިސްނާ މީހެކޭ އޭނާ އަށް ވާނުވާ ނޭނގި އަދުރޭ ވަނީ ސަރުކާރާއި ދެކޮޅު އެންމެނަށް ސްޓޭޓް މިނިސްޓަރުކަން ދީފައޭ ދާޚިލީ ވަޒީރު އެއްކަމެއް ވެސް ނުކުރޭ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އެބައުޅޭ މަޖީދީމަގުގައި ކުރިންވެސް އެމެން އުޅޭގޮތަށް