ޚަބަރު ސިޔާސީ

ކ.އަތޮޅު ކައުންސިލުގެ ރައީީސްގެ މަޤަާމުން ނިމާލު އިސްތިއުފާ ދެއްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ކ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ނިމާލު މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

Ads by MWSC

ކ. އަތޮޅު ކައުންސިލަށް އޭނާ ފޮނުއްވާފައިވާ އިސްތިއުފާގެ ސިޓީގައި އޭނާ ވަނީ ދިރިއުޅުމުގެ ކަންކަން މިވަގުތު ހުރިގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރުމަށް ގޮންޖެހުންތަކެއް ހުރުމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ.

އެ ސިޓީގައި، އޭނާ އިންތިހާބުކޮށްދިނުމަށް މަސައްކަތްކުރި މީހުންނާއި މަޤަަމުގައި ހުރި އިރު ރައްޔިތުންގެ ފަރާތުން ލިބުނު އިތުބާރާއި ތަރުހީބަށް ޝުކުރު ދަންނަވައިފައިވާއިރު، ކ. އަތޮޅު ކައުންސިލްގެ މެންބަރުންނާއި ކ. އަތޮޅުގެ ނުވަ ރަށަށް ނިސްބަތްވާ ރަށު ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށްވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ނިމާލު ވަނީ މަޤާމުގައި ހުންނަވައިގެން، އޭނާ  ހާސިލްކުރަން ބޭނުންވި ކަންކަން ހާސިލްކުރުމަށްޓަކައި މަސައްކަތުގައި ދެއްވި އެއްބާރުލުމަށްޓަކައި މާލެ އަތޮޅު ކައުންސިލްގެ އިދާރާގެ އެންމެހައި މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ އަތޮޅު ކައުންސިލް އިދާރާގެ މުވައްޒަފުންނަކީ އަބަދުވެސް އިދާރާއަށާއި މުވައްޒަފުންގެ ކުރިއެރުމަށް މަސައްކަތްކުރާނެ މުވައްޒަފުންތަކެއް ޤަބޫލުކުރައްވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!