ޚަބަރު ސިޔާސީ

ބޯހިޔާވަހިކަމެއް ހައްލެއް ނުވޭ, ރަސްމާލެ މަޝްރޫއަކީ ކޮރަޕްޝަން: ޖަމީލު

ރައުފާ ރަޝީދު ، ދެން އޮންލައިން

މިހާރުގެ ސަރުކާރުން ފުށިޑިދިއްގަރުފަޅު ހިއްކައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ރަސްމާލެ މަޝްރޫއަކީ ސީދާ ކޮރަޕްޝަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެކްސްގައި ޖަމީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ރައީސަކުވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް މަސައްކަތްކޮށްދެއްވާފައިވާ ކަމަށާއި ރައީސް މައުމޫނު ފެއްޓެވި މަސައްކަތް އިތުރަށް ރައީސް ނަޝީދު ކުރިއަށް ގެންދެވި ކަމަށެވެ.

‏އަދި ރައީސް ޔާމީން ވެގެންދިޔައީ މުޅިން އެހެން ހަރުފަތަކަށް ބޯހިޔާވަހިކަން ގެންދެވި ރައީސަކަށް ކަމަށާއި ހުޅުމާލެ ފޭސް 2 ހިއްކައި ޓަވަރުތައް އަޅާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް އެކަންކުރައްވާފައިވާ ކަމަށެވެ.

‏" ރާއްޖޭގެ އެންމެ އަގު ބޮޑު ބިމަކީ މާލެ އަދިހުޅުމާލެ ބިން. ރައީސް އިބޫވެސް މިވަނީ ބޯހިޔާވަހިކަމަށް ބުރަ މަސައްކަތް ކުރައްވާފަައި. ރައީސް މުއިއްޒު ވެސް މިވަނީ ބޯހިޔާވަހިކަމަށް އިސްކަމެއްދީފަ. މިހުރިހާ ރައީސުންނަށް ޙައްގު ޝުކުރު" ޖަމީލް ވިދާޅުވިއެވެ.

‏އެހެންނަމަވެސް ރައީސް މުއިއްޒު ހުޅުމާލެވެސް ހިމެނޭ ގޮތަށް މާލޭ ސަރަހައްދުން 70 ހެކްޓަރ ބިން ބަޔަކަށް ދިނުމަށްފަހު މާދުރުގައި އޮތް ފަޅެއް ހިއްކުމުން އެއީ ހިލޭ ވީކަމެއް ނޫން ކަމަށާއި އެއީ މާލޭގެ އަގު ބޮޑު ބިންދިނުމަށްފަހު ކުރަން ހެޔޮވާވަރުގެ ކަމެއްތޯ ޖަމީލް ވަނީ ސުވާލުކޮށްފައެވެ. ގިރާވަރާއި ގުޅީފަޅަކީ ބްރިޖުން ގުޅާލެވޭނެ، ތަރައްގީ ކަށަވަރު ކުރެވޭނެ ތަންތަން ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

‏" ވީއިރު ރައީސް މުއިއްޒުގެ ފުށިދިއްގަރު ފަޅުން މޮޅު ޖާދޫއެއް އުފަންވެ، ރައްޔިތުންގެ ބޯހިޔާވަހިކަން ހައްލެއް ނުވޭ. މިއީ ދެބަސްވެވެން ނެތް ބޮޑު ކޮރަޕްޝަނެއް" ޖަމީލް ވިދާާޅުވިއެވެ.

ޖަމީލް ވިދާޅުވީ އެއީ ހުޅުމާލެ ބިން ބަޔަކަށް ދިނުމަށް ރޭވި ރޭވުމެއް ކަމަށާއި އެކަމުގައި ގޮތް ނޭގޭ އެތައް ކަމެއް ހިމެނޭކަމެއް ކަމަށެވެ. "މިއީ ދެކޮޅުނުޖެހޭ މަޝްރޫއެއް. ގުޅާލެވޭނެ ގޮތެއް ނެތް ތަނެއް" ޖަމީލް ވިދާޅުވިއެވެ.

  1. ތައަނގާ އެތެރޭ އަސް ކޮރަޕްޝަން ތަދެފާއްވަސް ކޮރަޕްޝަން

  2. ދޮށީބޭ

    ޔަގީންނުވާ،ޚިޔާލީ ތުހުމަތުތަށް ޒާތްޒާތަށް[ތިިމާނުރުހޭ]މީހުންގެ ބޮލުގައި އެޅުވުމަކީ ޑރ ޖަމީލުގެ ވަރަށް ކުޅަދާނަފަންނެއް!ނުރުހޭ މީހަކު،ނަމާދެއްކުރިޔަސް އެނަމާދުވެސް ގޯސްކޮށްލާ ދަރަޖައިގަ ބައެއްސިޔާސީ ހަސަދަވެރިން މިތިބެނީ..ޖަމީލަށް ވެސް މަތީ މަޤާމެއްދިންނަމަ، މުއިއްޒުވަރުގެ ރަނގަޅު ވެރިއަކު ދުނިޔޭގަނުހުންނާނެ!

  3. ޑިމޮކްރަސީ

    ކަލޯ އަދި މިއުޅެނީ މަހެއްވެސް ނުވެގެން ވެރިކަމުގެ ހުވާކުރިތާ ޖައްސާލިޔަސް ތީ ބޮޑުވަރު ޖަމީލު މެންނަށް ރަގަޅު އެއްވެސް ވެރިކަމެއްނެތް

  4. ސައީމު

    އެހެންވެތާ ފްލެޓްތައްވެސް ނުދީ ހިފަހަށްޓައިގެން އެ ހުންނަނީ ދޯ! ރައްޔިތުންނާ ދޭތެރޭ ތިހާ ވިސްނާނަމަ އެކަން އަވަސްކުރަންވީ. އިބޫ ހެދިހެން އިންތިޚާބު ބޯވަތިވުމުން އެކަން ކުރުމަކުން މަޤުސަދު ހާސިލު ނުވެދާނެ.

  5. އަބަދު ބޮނޑިބަތް ކައްކަން ހަދައިގެން ކޮންމެ ވެރިކަމެއް ހަލާކު ކުރުމަށް ޖަމީލު ފައި ވިއްދަނީ މިފަހަރު ޔާމީން ވެއްޖެ ބޮނޑިބަތް ކައްކާ އަކަށް ދެން ގައުމޭ ނުކިޔަ މަގެ ޕާޓީ މަގެ ބޮޑާކަން ކިޔާ

  6. ވަގުންނޭ

    ރަސްމާލެ މަޝްރޫއު އަކީ ސީދާ ލަންކާ ކުންފުންނެއްގެ ވަގުން ތަކާއި މުއިއްޒު އާއި ގުޅިގެން ކުރާ ބޮޑު ވައްކަމެކޭ ވައްކަން ނުކުރާނަމަ ރަސްމާލެ އެއްބަސްވުން ހާމަކުރަންވީ ނޫންތޭ ރަސްވަގު މުއިއްޒު ރަސްވަގު މުއިއްޒު އެމްޓީސީސީގެ ކޮންނަ ބޯޓް އަދި ވެހިކަލްސް ބޭނުންކުރަނީ ތެޔޮދެނީ އެމްޓީސީސީން ދެން ކިހިނެއްތޭ ލަންކާ ކުންފުނި މިމަސައްކަތް ކުރާ ކަމަށް ބެލެވޭނީ މީ ހަމަ ސީދާ މަޖްލިސް އިންތިޚާބަށް ފައިސާ ހޯދަން ވެގެން ހުޅު.ާލޭން 1 ހެކްޓަތުގެ 109 ބިން ލަންކާ ކުންފުންނެއް މެދުވެރިކޮށް ވިއްކާލާ ކަޓްކާލަނީއަޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ކަޓްގެ ގޮތުގައި މުއިއްޒު ބިންތައް ވިއްކައިގެން ބަގަނީ 500 މިލިއަން ޑޮލަރު އެތަނުން ގާސިމަށް 100 ދެން އަންނި އަށް 100 ދެން މައުމޫނަށް 75 މިލިއަން ޑޮލަރު ދެން ބާކީ ހުރި ހުރިހާ ފައިސާ އެއް ބަނޑު އަޅާލަނީ މުއިއްޒު ބޮޑު ވަގު މުއިއްޒު އަޒުލް ކުރޭ