ޚަބަރު ސަރުކާރު

މާޗު މަހު އެއާ އެމްބިއުލާާންްސް ތަޢާރަފު ކުރަނީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އަންނަ އަހަރުގެ މާޗު މަހުގައި ރާއްޖެއަށް އެއާ އެމްބިއުލާންސް ތަޢާރަފު ކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

Ads by STELCO

ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޒިމް އިބްރާހިމް ވިދާޅުވީ މި ޚިދުމަތް ރާއްޖޭގައި ދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި އައިލެންޑު އޭވިއޭޝަން ގުޅިގެން ކަމަށް ނާޒިމް ވިދާޅުވިއެވެ.

"މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ހެލްތު މިނިސްޓްރީގެ ދަށުން އިމާޖެންސީ އެމްބިއުލަންސްގެ ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ޑިޕާޓްމަންޓުން،" ނާޒިމް ވިދާޅުވިއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ހަމަޖައްސާފައިވަނީ އެމަޖެންސީ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް ހެލްތު މިނިސްޓްރީގައި ޤާއިމުކޮށްފައިވާ ކަމާ ގުޅޭ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުންނެވެ.

މި ޚިދުމަތް ތަޢާރަފު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވަޢުދުފުޅެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!