ޚަބަރު ސަރުކާރު

ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުން ހިމެނުމަށް ބޯޑެއް އެކުލަވާލަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި 'ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް' ބޯޑު ތަޢާރުފު ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

Ads by STELCO

ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

އެގޮތުން 'ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް' ބޯޑުގައި ތިއްބަވާނީ 15 މެންބަރުން ކަމަށާއި އެ މެންބަރުންގެ އުމުރަކަށް ވާންވާނީ 18 އަހަރާއި 30 އަހަރު ކަމުގައި ކަނޑައަޅުއްވާފައި ވެއެވެ.

ހަމަ އެހެންމެ ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ނިންމަވާފައި ވެއެވެ.

ނަމަވެސް މަތީ ޡާނަވީ ސްކޫލެއްގައި ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުން އަދި ޔުނިވަރސިޓީގެ ސްޓޫޑަންޓް ކައުންސިލުގެ ފަރާތުން ބޯޑަށް ޢައްޔަނުކުރާ މެންބަރުންނަކީ ސްޓޫޑަންޓް ކައުންސިލް/އެގްރެކެޓިވް ކޮމިޓީގައި އަދާކުރާ މަޤާމުގެ ގޮތުން ޢައްޔަނު ކުރެވޭ މެންބަރުން ކަމަށްވުމުން، މި މެންބަރުން ކޮންމެ އަހަރަކު އެއްފަހަރު ބަދަލުވެގެންދާގޮތަށް ރައީސް ވަނީ ނިންމަވާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ބޯޑަކީ ރައިސްއަށް ލަފާދިނުމަށް އެކުލަވާލާ ބޯޑަކަށް ވުމުން، މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީން ކަމަށެވެ.

Ads by Allied Insurance
  1. ވަގުންނޭ

    ރަސްމާލެ މަޝްރޫއު އަކީ ސީދާ ލަންކާ ކުންފުންނެއްގެ ވަގުން ތަކާއި މުއިއްޒު އާއި ގުޅިގެން ކުރާ ބޮޑު ވައްކަމެކޭ ވައްކަން ނުކުރާނަމަ ރަސްމާލެ އެއްބަސްވުން ހާމަކުރަންވީ ނޫންތޭ ރަސްވަގު މުއިއްޒު ރަސްވަގު މުއިއްޒު އެމްޓީސީސީގެ ކޮންނަ ބޯޓް އަދި ވެހިކަލްސް ބޭނުންކުރަނީ ތެޔޮދެނީ އެމްޓީސީސީން ދެން ކިހިނެއްތޭ ލަންކާ ކުންފުނި މިމަސައްކަތް ކުރާ ކަމަށް ބެލެވޭނީ މީ ހަމަ ސީދާ މަޖްލިސް އިންތިޚާބަށް ފައިސާ ހޯދަން ވެގެން ހުޅު.ާލޭން 1 ހެކްޓަތުގެ 109 ބިން ލަންކާ ކުންފުންނެއް މެދުވެރިކޮށް ވިއްކާލާ ކަޓްކާލަނީއަޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ކަޓްގެ ގޮތުގައި މުއިއްޒު ބިންތައް ވިއްކައިގެން ބަގަނީ 500 މިލިއަން ޑޮލަރު އެތަނުން ގާސިމަށް 100 ދެން އަންނި އަށް 100 ދެން މައުމޫނަށް 75 މިލިއަން ޑޮލަރު ދެން ބާކީ ހުރި ހުރިހާ ފައިސާ އެއް ބަނޑު އަޅާލަނީ މުއިއްޒު ބޮޑު ވަގު މުއިއްޒު އަޒުލް ކުރޭ