ޚަބަރު ރައްޔިތުންގެ މަޖިލިސް ސަރުކާރު ސިޔާސީ

ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ސަރުކާރަކަށް ދަތިވާ ގޮތަށް އަމަލު ކުރުން ބަލައެއް ނުގަނެވޭ: އެމްޑީއޭ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ސަރުކާރަކަށް ދަތިވާ ގޮތަށް އަމަލު ކުރުން ބަލައެއް ނުގަނެވޭ ކަމަށް މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްގެ ޕާޓީ މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އިން ބުނެފިއެވެ.

Ads by MWSC

އެގޮތުން އެމްޑީއޭއިން މިއަދު ބުނީ، ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރާ މެންބަރުންނަށް ރުހުން ދިނުމަކީ މަޖިލީހުގެ މައްޗަށް ލާޒިމް ކަމަކަށްވާ އިރު އެ ބޭފުޅުންނަށް ރުހުން ނުދީ މިހާ ލަސްވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ވަޒީރުންނަކީ ދައުލަތް ހިންގުމުގެ އާއްމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސަށް މަޝްވަރާ ދިނުމާއި އެހީތެރިވެދިނުމާއި ޤާނޫނުއަސާސީއާ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސިޔާސަތުތައް ކަނޑައަޅާ ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރާ ބައެއް ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.

އެހެން ކަމުން ވަޒީރުންނަށް ރުހުން ލަސްކުރުމަކީ ރައްޔިތުންގެ ވެސް ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއްކަން އެމްޑީއޭ އިން ވަނީ ފާހަގަކޮށްފައެވެ.

ހަމަ އެހެންމެ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ހޮވާފައިވާ ސަރުކާރަކަށް ދަތިވާ ގޮތަށް ދައުލަތުގެ އެއްވެސް ބާރަކުން އަމަލު ކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ޕާޓީން ބުނެފައި ވެއެވެ.

މީގެ އިތުރުން މި ދައުރު ނިމުމުގެ ކުރިން ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް ނިންމައިދިނުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެ ޕާޓީން އެދިފައިވާނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އެމްޑީއޭ އިން މިހެން ބުނެފައި ވާއިރު، އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ 19 ވަަނަ މަޖިލީހުގެ މި އަހަރުގެ ފަހު ޖަލްސާ އެޖެންޑާ ކޮށްފައި ވަނީ މާދަމާއަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!