ޚަބަރު

ރަސްމާލެ މަޝްރޫޢުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ހުށަހަޅައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

Ads by STELCO

އެ މަޝްރޫޢުގެ ތަފްސީލްތައް ހާމަކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެވެ.

އެގޮތުން ސަލީމް ހުށަހެޅުއްވި މި ކުއްލި މައްސަލައިގައި ބުނީ ފުށިދިއްގަރު ފަޅު ހިއްކުމަށް ހިނގާނެ ޖުމްލަ ޚަރަދު ހާމަނުކޮށް ކުއްލިއަކަށް މަޝްރޫޢު ބަޔަކާ ހަވާލުކުރުމުން ސުވާލު އުފެދޭ ކަމަށެވެ.

ހަމަ އެހެންމެ ފުށިދިއްގަރު ފަޅު ހިއްކުމަށް ޖުމްލަ 70 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ބަޔަކަށް ދިނީ ކޮން ގޮތަކަށް އަގު ކޮށްފައިތޯވެސް ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ފުށިދިއްގަރު ފަޅުން 1،153 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކުމަށް ނިންމާ މަސައްކަތް ފެށިއިރު ތިމާވެއްޓަށް އަސަރުކުރާ މިންވަރު ބެލުމަށް ހަދާ އެސެސްމެންޓް ހަދާފައި ވަނީ ހަމައެކަނި 29 ހެކްޓަރުގެ ސަރަހައްދަކަށްކަން ފާހަގަކޮށް އެއީ ހިއްކަން ކަނޑައަޅާފައިވާ ސަރަހައްދުގެ 2.26 ޕަސަންޓްކަން ކުއްލި މައްސަލައިގައި ފާހަގަކޮށްފައި ވެއެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްގެން 70 ހެކްޓަރުގެ ބިން ދިގު މުއްދަތަކަށް އެ ކުންފުންޏަށް ދީގެންނެވެ.

Ads by HDC
  1. ޗޯރޭގެ ވެރިކަމުގަ ބަޖެޓް ނުކޮއްކުރި ހުރިހާ ކަމެއްގެ ވާހަކަ ކަލޭ ނުދެއްކީ ކީއްވެ

  2. ވަގުންނޭ

    މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ