ވިޔަފާރި

މަދިރި މަރަން ހުޅުމާލެ ފޮގް ކުރަނީ

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ފައިލޭރިއާ އިން ރައްކާތެރިވުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ހާއްސަ ކެމްޕެއިން "ފައިލޭރިއާ އިން ރައްކާ" ގެ ދަށުން ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް އާބަންކޯއިން މިއަދު ފަށައިފި އެވެ.

Ads by STELCO

އާބަންކޯ އިން ބުނީ ފޮގް ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ކޮންމެ ދުވަހަކަށް ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގައި ކަމަށެވެ. އެގޮތުން ހުޅުމާލެ ފޮގް ކުރުން ވަނީ 20 ސަރަހައްދަކަށް ބަހާލާފަ އެވެ. ކޮންމެ ދުވަހަކު ފަތިހު 5 އިން 6 އަށް، އަދި އިރު އޮއްސި 6 އިން 7 އަށް ފޮގް ކުރުން ކުރިއަށް ގެންދާނެ ކަމަށް އާބަންކޯ އިން ބުނެ އެވެ.

ފޮގް ކުރުން ކުރިއަށްދާ ވަގުތުތަކުގައި މަގުމަތީގައި އުޅޭ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އާބަންކޯ އިން ވަނީ އެދިފަ އެވެ.

ހުޅުމާލެއިން މަދިރި މަދުކުރުމަށް މީގެ ކުރިން ވެސް އާބަންކޯ އިން އިސްނަގައިގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. މިގޮތުން އެކި ސަރަހައްދު ފޮގް ކުރުމާއި، މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމަށް މަސައްކަތް ކުރުން ހިމެނެ އެވެ.

މީގެއިތުރުން ފައިލޭރިޔާ ފެތުރުން ހުއްޓުވުމަށް އާބަންކޯއިން ހާއްސަ އިސްކަމެއް ދީގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ސްކްރީން ކުރުން އެޗްޕީއޭއާ ގުޅިގެން ވަނީ މިމަހުގެ ތެރޭގައި ފަށާފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!