ހަވާއެރުވުމާ ގުޅޭ ފަރިތަކުރުންތަކެއް މިރޭ ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންދަނީ

ހަވާއެރުވުމާ ގުޅޭ ފަރިތަކުރުންތަކެއް މިރޭ ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށް ގެންދާ ގޮތަށް އެމްއެންޑީއެފުން ނިންމައިފިއެވެ.
މިކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ އައު އަހަރު ފެށުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ހަވާއެރުވުމާ ގުޅޭ ފަރިތަކުރުންތަކެއް މިރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މި ފަރިތަކުރުންތައް ކުރިއަށްދާނީ މިރޭ 20:00 ގައި ހުޅުމާލެ ފޭސް 2 ގެ 16 ވަނަ ޓަވަރު ކައިރީގައި ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އާންމުކޮށް ހަވާ އަރުވަނީ ޚާއްޞާ މުނަސާބަތުތަކުގައްޔާއި، އަމިއްލަ ފަރާތްތަކުގެ ހަފުލާތަކުގައެވެ. ހަވާ އެރުވުމުގެ ކަންކަން ކުރިއަށް ގެންދަނީ އެމްއެންޑީއެފްގެ ސިފްކޯގެ ފަރާތުންނެވެ. ސިފްކޯ އިން އަންނަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުން ބާއްވާ އެކިއެކި ހަފްލާތަކަށް ހަވާ އެރުވުމުގެ ކަންކަން ވިޔަފާރި އުސޫލުން ކޮށްދެމުންނެވެ.
ޥަރަށް ލަހުން ފެނުނީ