ޚަބަރު

ކުރީ ސަރުކާރުގައި މެޓަށް އެއްވެސް ވަރަކަށް އަޅާލާފައެއް ނެތް: މިނިސްޓަރު ތޯރިގު

އަލީ ސަމާޙް ، ދެން އޮންލައިން
މިނިސްޓަރު ތޯރިގު ރަށަކަށް ކުރެއްވި ދަތުރެއްގެ ތެެރެއިން

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އަށް މިދިޔަ ސަރުކާރުން އެއްވެސް ވަރަކަށް އަޅާލާފައިނުވާ ކަމަށް މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖު، އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރޭ ޕީއެސްއެމްގެ ''ރާއްޖެ މިއަދު'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ ތީމާވެށީގެ ދާއިރާއަށް ލިބޭ ފައިސާއިން ހަރަދުކުރަނީ އެހެން ކަންކަމަށް ކަމަށް ބައެއް ރައްޔިތުން ބުނަމުންދާ ކަމަށެވެ. ނަމަވެސް އެއީ އެކަން ހިނގާ ގޮތް ނޫން ކަމަށް ތޯރިގު ވިދާޅުވިއެވެ.

އެއަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އެންވަޔަރަމެންޓް މިނިސްޓަރުކަންވެސް ކުރެއްވީ ތޯރިގު ވަނީ އޭރު އެ މިނިސްޓްރީއަށް ލިބުނު ފައިސާއިން ކުރެވުނު ބައެއް ކަންކަން ހިއްސާކޮށްފައެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ގްރީން ކްލައިމެޓް ފަންޑުން 32 މިލިއަން ރުފިޔާ މިނިސްޓްރީއަށް ލިބުނެވެ.

ތޯރިގު ވިދާޅުވީ އެ ފައިސާ އިން ރަށްރަށުގެ ފެން ރައްކާތެރިކުރުމުގެ ނިޒާމު ގާއިމްކޮށްފައިވާނެ ކަމަށެވެ.  އަދި ބައެއް ރަށްރަށުގެ ނެޓްވޯކްގެ މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރެއިން ބައެއް މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބޭރުގެ އެކި ޖަމިއްޔާ ޖަމައާތްތަކުން ލިބޭ ފައިސާއިން ރާއްޖޭގެ ތިމާވެށީގެ ހުރި ނާޒުކުކަން ދެނެގަނެ އަދި ޕްރޮޓެކްޓް ހިންގާ ތަންތަނުގައި ހުރީ ކޮންކަހަލަ ކަންތައްތަކެއްތޯ ދެނެގަނެވުމަކީވެސް މުހިއްމު ކަމެއް ކަމަށް ތޯރިގު ވިދާޅުވިއެވެ. މެޓް އޮފީހުގައި ކުރަމުންދާ ހުރިހާ މަސައްކަތަކީވެސް ބޭރުން ލިބޭ ފަންޑުތަކުން ހިންގާ ޕްރޮޖެކްޓުތައް ކަމަށް ވިދާޅުވިއެވެ.

މެޓް އޮފީހަކީ ރައްޔިތުންނާ ގުޅުންހުރި އަދި ރައްޔިތުންނަށް މުހިއްމުތަނެއްކަން ފާހަގަކުރައްވާ ތޯރިގު ވިދާޅުވީ މޫސުމަށްވެ އަންނަ ބަދަލުތަކާއި ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ މެސެޖްތައް ނުވަތަ މައުލޫމާތުތައް ބޭނުންވާ ގަޑީގައި ފޯރުކޮށް ދޭން ޖެހޭ ކަމަށެވެ. ނަމަވެސް މިދިޔަ ސަރުކާރުގައި އެތަނަށް އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށް ވިދާޅުވިއެވެ.

2018 ގެ ފަހުން މެޓް އޮފީހަށް އެއްވެސް ކުރިއެރުމެއް ނެތް. ހަމައެކަނި ސަރުކާރުން ކޮށްދީފައި އޮތް ކަމަކީ އެތަނުގެ މީހުންނަށް މުސާރަ ދިނުން، އެހެން ކަމެއް ނެތް ކޮށްފައި. އެތަނުގައި ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކަކީ އެއީ ކުރީގެ ސަރުކާރުގައި އަޅުގަނޑު އެ މިނިސްޓްރީގައި ހުރިއިރު ހޯދި އެކި ކަހަލަ ޕްރޮޖެކްޓައް

ތޯރިގު ވިދާޅުވީ 2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 42 ރިމޯޓް ވެދަ ސްޓޭޝަން ހުންނާނެ ކަމަށެވެ.

ނަމަވެސް މިހާރު މަސައްކަތްކުރަނީ 12 ތަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުން ހުޅުލޭގައި ހުރި ވެދާ ރާޑަރުވެސް ހުރީ ހަލާކުވެފައި ކަމަށާއި އެ ރާޑަރު މެއިންޓެއިންވެސް ކުރީ ސަރުކާރުން ކޮށްފައިނުވާ ކަމަށް ވިދާޅުވިއެވެ.

Ads by Allied Insurance
  1. އޯކޭ ! ދެން ކަލޭމެން އަޅާލައްޗެ އިނގެ

  2. މިސަރުކާރުން ވަނީ ޔާމީނަށް އަޅާނުލާފަ. މިއައްވުރެބޮޑު އިހުމާލެއް އެބަ އޮތްތޯ..