Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިނގިލި ބުރިކޮށްލިޔަސް އަޅުގަނޑާ ދެކޮޅަށް ވޯޓު ނުދޭނެ މެމްބަރުން އެމްޑީޕީގައި އެބަތިބި: ރައީސް

އިނގިލި ބުރިކޮށްލިޔަސް އަޅުގަނޑާ ދެކޮޅަށް ވޯޓު ނުދޭނެ މެމްބަރުން އެމްޑީޕީގައި އެބަތިބި: ރައީސް

އެމަނިކުފާނާ ދެކޮޅަށް ވޯޓު ނުދެއްވާނެ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެބަތިވި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ މިރޭ ޕްރޮގްސިވް ކޮންގްރެސް އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމްޑީޕީގެ 13 މަޖިލިސް މެންބަރުން ވަނީ މިރޭ ވަނީ ސަރުކާރާ ގުޅިފައެވެ. އެ މެމްބަރުންނަށް ޕީއެންސީ ހިޔާރުކުރީތީ ޝުކުރު އަދާކުރަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ބޭފުޅުންވެސް ހިޔާރު ކުރެއްވީ އެހެން ހުރިހާ އެއްޗަކަށްވުރެ ބޮޑަށް ގައުމު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އަލަށް ގުޅުނު މެމްބަރަނުންނާއެކު އުއްމީދު ކުރައްވަނީ އަދިވެސް ގިނަ އަދަދެއްގެ މަޖިލީސް މެމްބަރުން ''ގައުމީ ސަފަށް'' އެރުން ކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރާ ގުޅެން ބޭނުންވި ނަމަވެސް އެކި އެކި ސަބަބުތަކަށްޓަކައި މަޖޫބުރުވެފައި ތިބި މެމްބަރުންތަކެއް އެމްޑީޕީގައި އެބަތިބި ކަމަށެވެ. އެއީ ކޮން ބޭފުޅުންކަމެއް އެމަނިކުފާނަށް ''ޕާސަނަލީ'' އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

''އަޅުގަނޑާ ދެކޮޅަށް އިނގިލިބުރިކޮށްލިޔަސް ވޯޓު ނުދޭނެ މެމްބަރުން އެބަތިބި'' ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ވޯޓާ ގުޅުވައި ވާހަކަ ރައީސް ދައްކަވާފައިމިވަނީ އެމްޑީޕީން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމުގެ އުސޫލުތައް ބަދަލުކޮށް މިރޭ ހަމަޔަށް އެ ޕާޓީގައި އޮތް އަގުލަބިއްޔަތު ބޭނުންކޮށްގެން ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފައިވާތީއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް