ހަމްދާ; ހުޅުމާލޭ އުތުރަށް ޤާބިލް, ތަފާތު 'ޗޮއިސް'އެއް
ޑިމޮކްޓްސް ޕާޓީގެ ވިމަން ޑިމޮކްރެޓްސް ލީޑަރު ފާތިމަތު ޙަމްދާ މުޙައްމަދު އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހުޅުމާލޭ އުތުރު ދާއިރާއަށް ކުރިމަތިލާން ނިންމައިފިއެވެ.
އެކަން އިއުލާނުކޮށް, މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާ ވިދާޅުވީ, މަޖިލީހަށް ކުރިމަތި ލުމަށް ނިންމާފައިވަނީ ކުރިމަތިވާނެ ގޮންޖެހުންތައް އެނގުނު ނަމަވެސް އެކަމަށް ޖެހިފައިވާ ބޭނުންތެރިކަން ބޮޑުކަމުން ކަމަށެވެ.
އެގޮތުން އޭނާއަށް ލިބިފައިވާ ތަޖުރިބާއާއި ހާސިލް ކުރަމުންދާ ތައުލީމުގެ އަލީގައި ރައްޔިތުންނާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއެވެ. އަދި މަޖިލީހުގައި ޒުވާން އަންހެނެއްގެ އަޑު އިއްވަން އޭނާ ގޮނޑިއަށް ކުރިމަތިލީ ކަަމަށް ބުނެފައިވެއެވެ.
ހަމްދާއަކީ ޒުވާން އެހެންނަމަވެސް މަޤްބޫލު ސިޔާސީ ސަޚްސިއްޔަތެކެވެ. އޭނާ ގިނަ ބައެއްގެ ސަމާލުކަން ފުރަތަމަ ހޯދީ ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ދެއްކެވި ވާހަތަކުންނެވެ. އޭގެ ފަހުން އެ ޕާޓީގެ އިސްކަންކަމުގައި އުޅުއްވުމަށްފަހު, އެ ޕާޓީގެ އެތެރޭގެ އިންތިޚާބުން އެންމެ ބޮޑު އިންސައްތައަކާއެކު މަޤާމަށް އިންތިޚާބުވިއެވެ. އޭގެ ފަހުން ޕާޓީއަށް މެންބަރުން އިތުރު ކުރުމާއި, އެނޫން ވެސް ހަރަކާތްތައް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެއެވެ.
މަޖިލީހަށް މިފަހަރު ހަމްދާ އެ ނިކުންނަކީ މަޖިލީހަކީ ކީއްކުރާ ކޮންތަނެއްކަން ރައްޔިތުންނަށް ކިޔައިދޭށެވެ. މެންބަރެއްގެ ދައުރާއި, ބާރުތައް ކިޔައިދީ, އެ ބާރުތަކާއި ދައުުރު އަދާ ކުރާނެ މީހަކަށް ވާށެވެ. ޒުވާން އަންހެނެއްގެ އަޑު މަޖިލީހުގައި އިއްވައިދޭށެވެ.
ހަމްދާގެ އުނމީދަކީ އެ ފުރުސަތު ހުޅުމާލޭ އުތުރު ދާއިރާގެ ރައްޔިތުން އޭނާއަށް ދިނުމެވެ. އަދި ޙަމްދާގެ މި އިސްނެގުމާއި އެކީގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ޤާބިލު ޒުވާނުން މަޖިލީސް އިންތިޚާބުގައި ވާދަ ކުރަން ކެރިގެން ނިކުތުމެވެ.
އެޑިޓަރުގެ ނޯޓް: މިއީ ވިޔަފާރި އުސޫލުން ގެނެސްދީފައިވާ ރިޕޯޓެކެވެ. މަޖިލިސް އިންތިޚާބުގެ ރިޕޯޓްތައް ޝާއިއުކުރަން ބޭނުންފުޅުވާނަމަ, 7738989އަށް ވަޓްއަޕް ނުވަތަ ވައިބާ އިން އިން މެސެޖް ކުރައްވާށެވެ.
މަޖިލީހަށް ހޮވިއްޖެނަމަ ތިޔަ ނިއްގަޑު ފޮރުވޭ ގޮތަކަށް ބުރުގާ އަޅާނެ ކަމަށް އުންމީދުކުރަން…
ލާދީނީ ޗޮއިސްއަކުން އުފަންވެފަ ހުރި ޗޮއިސްއެއް ކަމަކު ނުދާނެ
ކަމަކަަށްް ދަހިވެތިވާންވެސްް ތަންކޮޅެއްް އަވަސް
ހީނުވޭ ހޮވޭނެހެން
މީ ދެން ކާކުތަ! ބޮޑު އަނގައެއް އޮތީމަ ހީވީ ދޯ ކަމެއްހެން. ގުއިރޯނު.
ކޮމެންޓްތައްކިޔާފައި ހައިރާންވެއްޖެ. ހީވަނީ ހަމްދާގެ ރީތިކަމުން ވަރަށް ގިނަމީހުން ޖޭ ވެފައިތިބިހެން. ހަމްދާއަކީ ޒުވާން އެންމެ ގާބިލް ކެންޑިޓޭޓް.
މަގޭ ވޯޓް ސަރީރާ އަލީ ޝަރީފަށް
ފައްކާ ރުނޑިއެއް