މި އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް 15 ވަރަކަށް ރިސޯޓް ހުޅުވޭނެ: މިނިސްޓަރ ފައިސަލް

މި އަހަރުގެ ތެރޭގައި ރާއްޖޭގައި އަލަށް 15 ވަރަކަށް ރިސޯޓް ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފަތުރުވެރިކަމަށް ދޫކޮށް ނުހެދި ހުރި 63 ރަށެއް އެބައޮތެވެ. ނަމަވެސް މާކެޓަށް ނުނިކުމެ 20 ވަރަކަށް އަހަރު ވެފައިވާ ރަށްތައް ވެސް އެބަހުރި ކަމަށެވެ.
އަދި ޓޫރިޒަމް މިނިސްޓްރީން މިހާރު ކުރަމުންދާ މަސައްކަތަކީ އެރަށްތައް އައިޑެންޓިފައިކޮށް، އެ ރަށްތައްކަށް އިންވެސްޓްކޮށްފައި ތިބި ވިޔަފާރިވެރިން ހޯދައި އެ ވިޔަފާރިވެރިންނާ އެކީ ގާތް އެކުވެރި މާހައުލެއްގައި މަޝްވަރާކޮށް, އެ ވިޔަފާރިވެރިންނަށް ހުރި ދަތިތަކަކީ ކޮބައިތޯ ދެނެގަތުން ކަމަށް ފައިސަލް ވިދާޅުވިއެވެ.
މިނިސްޓަރުގެ އަމާޒަކީ ނުހެދި ހުރި ރަށްތަކުގެ ތެރެއިން 50 އިންސައްތަ ރަށް މި ފަސް އަހަރު ދުވަސްތެރޭ މާކެޓަށް ނެރުން ކަމަށް ފައިސަލް ވިދާޅުވިއެވެ.