ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަނީ
ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އަންނަ ހުރިހާ ޚިދުމަތެއް އެއް ޕޯޓަލަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން އަމީން ވިދާޅުވީ، އެ މިނިސްޓްރީގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދެމުން ދިޔަ ނަމަވެސް ތަފާތު ޕޯޓަލްތަކުން އެ މަސައްކަތް ކުރަމުންދާތީ ރައްޔިތުންނަށް އުދަގޫތަކާ ކުރިމަތިވާ ކަމަށެވެ.
އެހެން ކަމުން އެ މިނިސްޓްރީގެ ހުރިހާ ޚިދުމަތަކަށް އެދިވަޑައިގަތަސް އެއް ޕޯޓަލެއްގެ ތެރެއިން އެކަންތައް ހަމަޖެއްސޭނެ އިންތިޒާމެއްގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަމާޒަކީ ކުރިއަށް އޮތް ތިން މަސް ނުވަތަ ހަތަރު މަސްތެރޭ އެއް ޕޯޓަަލަކުން ހުރިހާ ޚިދުމަތެއް ލިބޭގޮތަށް ހަމަޖެއްސުން ކަމަށް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
"މިނިސްޓްރީގެ ގިނަ ޚިދުމަތްތައް ތަފާތު ޕޯޓަލްއަކުން މަސައްކަތް ކުރަން ޖެހުނީމަ އެއީ އުދަގޫވާ ކަމެއްގެ ގޮތުގައި ފާހަގަވެފައި އޮންނާތީ، މިނިސްޓްރީގައި ހުރިހާ ޚިދުމަތަކަށް އެދިވަޑައިގަތަސް އެއް ޕޯޓަލްއެއްގެ ތެރެއިން އެކަންތައް ހަމަޖެއްސޭނެ އިންތިޒާމެއް އިރާދަކުރެއްވިއްޔާ ހަމަޖައްސަން މިހާރު ފަށައިފީމު."
ޓްރާންސްޕޯޓު މިނިސްޓްރީގެ އިންތިޒާމްތައް ރަނގަޅުކުރަން ޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިހާރު ގެންނަ އެންމެ ފުރަތަމަ ބަދަލެއްގެ ގޮތުގައި އައިޓީ އަދި ޕީއާރު ސެކްޝަނެއް އުފައްދަން ޖެހޭ، ކަމަށެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ބޭރުގައި ރައްޔިތުން ކިޔު ހަދާލާފައި ޚިދުމަތް ހޯއްދެވުމަށް ތިއްބަވާ ކަން ފާހަގަކުރައްވާ ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވީ އެ މިނިސްޓްރީގެ އޮންލައިން ސާވިސް ފެށިގެން ދިޔުމުން އެކަމަށް ހައްލެއް ލިބިގެން އައި ނަމަވެސް އެ މިނިސްޓްރީން ބޭނުން ކުރަމުންދަނީ ވަރަށް ދުވަސްވީ އަދި ޒަމާނަށް ނުފެތޭ މެޓްރިކްސް ސޮފްޓްވެއާ ސިސްޓަމްތަކެއް ކަމަށެވެ.
I liked it as much as you did. Even though the picture and writing are good, you’re looking forward to what comes next. If you defend this walk, it will be pretty much the same every time.