Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މި އަހަރު ތެރޭ މާލެއާ ހުޅުމާލޭ ފެނުގެ ވިއުގަ ގުޅާލަނީ

މި އަހަރު ތެރޭ މާލެއާ ހުޅުމާލޭ ފެނުގެ ވިއުގަ ގުޅާލަނީ
މި އަހަރުގެ ތެރޭގައި މާލޭއާއި ހުޅުމާލެއާ މެދު ފެނުގެ ވިއުގާ ގުޅާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީ، ފެންކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ''ރާއްޖެ މިއަދު'' ޕްރޮގްރާމްގައި މަތީން ވިދާޅުވީ އެމްޑީ މަގާމާއި ހަވާލުވި ފަހުން ފާހަގަވީ އެންމެ ބޮޑު ކަމަކީ މާލޭގެ ފެނުގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން ފަށާފައިވާ މަސައްކަތްތަކަށް ހުއްޓުމެއް އައިސްފައިވުން ކަމަށެވެ. މީގެ ފަސްހުރި ކުރިން ފަށާފައި ހުރި މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ނުވުމުން ހާމަވަނީ ސަރުކާރުން ދޭން ޖެހޭ އަހައްމިއްޔަތުކަން އެކަށީގެންވާ ވަރަށް ދީފައި ނެތުން  ކަމަށާއި ނުވަތަ ކުންފުންޏަށް ސަރުކާރުން ދޭން ޖެހޭ އެއްބާރުލުން ދީފައި ނެތުން ކަމަށެވެ. މަތީން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނިންމާފައި އޮތީ މާލެއާ ހުޅުމާލެއާ ދެމެދު ކަރަންޓު ވިއުގާއަކުން ގުޅާލުމާއި ފެނުގެ ވިއުގަ ގުޅާލުން ކަމަށެވެ. އެ ދެ ވިއުގަ ގުޅިގެން ދިޔުމަކީ ފެނައި ކަރަންޓާއި ފެނުގެ ރައްކާތެރިކަން ލިބޭނެކަން ފާހަގަކުރައްވާ މަތީން ވިދާޅުވީ ޔާމީންގެ ސަރުކާރުގައި އޮތީ ހޮޅިއަޅައި ނިންމާފައި ކަމަށެވެ. ''އަޅުގަނޑުމެން ފަސް އަހަރު ކޮށްފައި އައިރުގައިވެސް އެ ހޮޅި އެއޮތީ ނުގުޅި'' މަތީން ވިދާޅުވީ އެކަން ނުވެ އޮތީ ބޭނުންވާ ބިމުގެ ކަންތައް ހަމަނުޖެހިގެން ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ ފެނުގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި 'ވޯޓާ ސްޓޯރޭޖް' ދެގުނަ ކުރުމަކީވެސް ޔާމީންގެ ސަރުކާރުގައި ފެށި މަސައްކަތެއް ކަމަށެވެ. ނަމަވެސް ސަރުކާރުގެ ތެރެއިން ލިބެންޖެހޭ އެއްބާރުލުން ނުލިބުމާއި އިދާރީ ގޮތުން ކަންތައްތައް ނުނިމި ހުރުމުގެ ސަބަބުން އެކަން އޮތީ މަޑުޖެހިފައިވާ ކަަމަށެވެ. މަތީން ވިދާޅުވި ގޮތުގައި ނިމިގެން ދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ފެނުގެ ހިދުމަތް ތަރައްގީކޮށް، ދިމާވެދާނެ ހާލަތަށް ތައްޔަރުވުމަށް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ. އެގޮތުން މި ފެށުނު އަހަރުތެރޭގައި އެމްޑަބްލިއުއެސްސީން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭނީ މާލޭގެ ފެނުގެ ރައްކާތެރިކަން އިތުރަށް ޔަގީންކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަލުން ފަށައިގެން ކުރުން ކަމަށެވެ.
މި އަހަރު ތެރޭގައި މާލެއާ ހުޅުމާލެގެ ފެނުގެ ވިއުގަ ބްރިޖު މެދުވެރިކޮށް ގުޅިގެންދާނެ. އެ މަސައްކަތް މި އަހަރު ތެރޭ ނިމޭނެ
މަތީން ވިދާޅުވީ ފެން ރައްކާކުރެވޭ މިންވަރު ދެގުނަ ކުރުމަށް ކުރެވޭ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށެވެ. އަމާޒު ހިފާފައި ވަނީ މަޝްރޫއުގެ ބޮޑު ބައެއް މި އަހަރު ތެރޭ ނިންމާލަން ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ފެންރައްކާ ކުރުމުގެ މަސައްކަތުގައި މި ވަގުތު ދިމާވެގެން އުޅޭ މައްސަލަ އަކީ ފެން ރައްކާ ކުރާ ސްޓޯރޭޖް ބަހައްޓާނެ ތަނުގެ ފައުންޑޭޝަން އެޅުމުގެ މައްސަލައެވެ. އެކަން ހައްލުކުރުމަށް ފަންނީ ބޭފުޅުންނާ އެކުގައި މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އެމްޑަބްލިއުއެސްސީން ބުނީ މި ވަގުތު 15 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެ ރަށްތަކުގެ މަސައްކަތްތައްވެސް މި އަހަރު ތެރޭ ނިންމާލަން ވަނީ އަމާޒުހިފާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް