މާލޭގެ މަގުތައް ހެދުމަށް 100 މިލިއަން ޑޮލަރު ހަރަދުވާނެ: މުއްތަލިބް
![](https://dhen.mv/wp-content/uploads/2024/01/GC-rj9IbUAAOEmm-850x548.jpeg)
މާލޭގެ ހުރިހާ މަގެއް ހެދުމަށް 100 މިލިއަން ޑޮލަރު ހަރަދުކުރަންޖެހޭނެ ކަމަށް މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ވިލިމާލޭގެ މަގުތައް ހެދުމަށާއި ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމުގެ ކުރިން ބޭނުންވާ ސާވޭތައް ހެދުމާއި އީއައިއޭ ހެދުން ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލުކުރުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ, މާލޭގެ މަގުތަކަށް އޮތް ދާއިމީ ހައްލަކީ މާލޭގެ ހުރިހާ މަގެއް ހެދުން ކަމަށެވެ.
އެކަން މި އަހަރު ފެށިގެން ދާނެ ކަމަށާ މިމަޝްރޫއުގެ އަގު 100 މިލިއަން ޑޮލަރަށް ވުރެ ބޮޑުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި މަސައްކަތުގެ ދަށުން މާލޭގެ އެއްގަމު ތޮށި ބޭރަށް ޖެއްސުމާއި ނަރުދަމާ އާއި ފެނުގެ ނިޒާމު އެޅުން ވެސް ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.