Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބޭރުގެ މާލީ އިދާރާތައް ރާއްޖެ ގެންނަން އާ އޮތޯރިޓީއެއް އުފައްދަން ނިންމައިފި

ބޭރުގެ މާލީ އިދާރާތައް ރާއްޖެ ގެންނަން އާ އޮތޯރިޓީއެއް އުފައްދަން ނިންމައިފި
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި ރާއްޖޭގައި ބައިނަލްއަގްވާމީ މާލީ އިދާރާތައް ހިންގުމުގެ މަގުފަހިކުރުމަށް އާ އިދާރާއެއް އުފައްދަވަން ނިންމަވައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ހާމަކުރައްވައިފިއެވެ. ރައީސް އެހެން ވިދާޅުވީ ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އއީ  ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމްކުރުމަށްޓަކައި ކުރާ ކަމެއް ކަމަށާއި.  އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ފަށާފައިވާ ކަމަާށެވެ.

 މަރުކަޒީ ބޭންކާއި އެމްއެމްއޭއާއި އަދި އިތުރު އިދާރާތަކާ ގުޅިގެން އެ އިދާރާ ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސަސް އޮތޯރިޓީ ވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމްކުރުމުގެ މަގު މި ވަގުތަށް ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅުކަމަށް. އެ ކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއްވަނީ ފެށިފައި،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަމާއި ގުޅުންހުރި ހާއްސަ ގާނޫނުތައް ހައްދަވާނެ ކަމަށެވެ. އަދި  އަންނަ އާދިއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި އެކަން ކުރުމަށް ހުށަހަޅުއްވާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)
ފައިނޭންޝަން ސާވީސަސް އޮތޯރިޓީއެއް ހަދަން ނިންމާފައިވާއިރު  މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ވަނީ ދާދި ފަހުން ނިންމަވާފައެވެ. މި ކުންފުންޏަކީ ރާއްޖެއަށް ފުޅާދާއިރާއެއްގައި މުދާއެތެރެކުރުމާއެކު އަވައްޓެރި އެހެން ބައެއް ގައުމުތަކަށް ރީއެކްސްޕޯޓް ކުރެވޭ ނިޒާމެއްގެ ތެރެއިން އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށް އުފައްދާ ކުންފުންޏެކެވެ. މިކުންފުނި އުފައްދަނީ ސަރުކާރު ހިއްސާވާ ފަސް ކުންފުޏެއްކަމުގައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ.)، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ)، އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޝާމިލުވާގޮތަށް އުފައްދާ މައިކުންފުންޏެއްގެ ގޮތުގައެވެ. އަދި މި ކުންފުނިން ފުރީ ޓްރޭޑް ޒޯންތައް ޤައިމުކުރުމުގެ ހުއްދައަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓްސް އަށް ހުށަހެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް