ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ދާއިރާގެ ރައްޔިތުން ދަނީ އެދެމުން: ޝަރީފް

ޙައްވާ އިނާޝާ ، ދެން އޮންލައިން

މި އަހަރު ބާއްވަން ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިިލީހުގެ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރުމަށް ދާއިރާގެ ރައްޔިތުން އެދެމުން އަންނަކަމަށް ދާދި ފަހުން އެމްޑީޕީން ވަކިވެ ޕީއެންސީއާ ގުޅިވަޑައިގެންނެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެގޮތުން މިކަމަށް އިޝާރާތްކޮށް ޝަރީފު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުގައި ވާދަކުރުމަށް މަރަދޫގައި ތިބި ޝަރީފްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އެދެމުން އަންނަ ކަމަށެވެ.

ނަމަވެސް އެކަމާއި މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށާއި ވަރަށް ވިސްނާފައި ގިނަ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު ނޫނީ ގޮތެއް ނުނިންމާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ދާއިރާގެ މެމްބަރުން އެދެމުންދާ ގޮތަށް ވަރަށް އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށާއި އެހެން ކަމުން އެކަމާ ގުޅޭ ގޮތުން ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުންނާ އަދި ސަޕޯޓަރުންނާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިޚާބުގައި ވާދަކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވި ނަމަވެސް ޕީޕީއެމް/ޕީއެންސީގެ މެންބަރެއްްގެ ގޮތުގައި ދެމި ހުންނާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފް އެމްޑީޕީން ވަކިވެ ޕީއެންސީއާ ގުޅިވަޑައިގަތީ ވަޒީރުންނަށް ރުހުން ނުދީ ލަސްކުރުމާއި ރައީސް ޑރ. މުހައްމަދު މުޢިއްޒު މަގާމުން ވަކިކުރުމުގެ ވާހަކަ ދައްކަން ފެށުމުން ކަމަށް ވިދާޅުވެފައި ވެއެވެ.

ހަމަ އެހެންމެ އެންމެ އިސްވާނީ ޤައުމުކަން ފާހަގަ ކުރައްވައި އެ ވިސްނުމުގައި އެންމެ މުހިންމު ކަމަކަށް އޮންނާނީ ރައްޔިތުންގެ ފުރިހަމަ ތަނަވަސް އަގުލަބިއްޔަތަކުން ހޯދި ވެރިކަމަށް އެއްބާރުލުން ދިނުން ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!