Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ތަސައްވުރަކީ މާލެއަކީ ހުރިހާ ރައްޔިތުންނަށް ވެސް ދިރިއުޅެވޭ އަމާން ތަނަކަށް ހެދުން: އާޒިމާ

ތަސައްވުރަކީ މާލެއަކީ ހުރިހާ ރައްޔިތުންނަށް ވެސް ދިރިއުޅެވޭ އަމާން ތަނަކަށް ހެދުން: އާޒިމާ
ތަސައްވުރަކީ މާލެއަކީ ހުރިހާ ރައްޔިތުންނަށް ވެސް ދިރިއުޅެވޭ އަމާން ތަނަކަށް ހެދުން ކަމަށް މާލޭގެ މޭޔަރުކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ. މާލޭގައި ދިރިއުޅޭ އަންހެނުންނަށް ޚާއްސަކޮށްގެން 1،500 ވަޒީފާ އުފެއްދުމުގެ ވައުދާއެކު މިރޭ ވަނީ އާޒިމާގެ މެނިފެސްޓޯ އިފްތިތާހްކޮށްފައެވެ. މެނިފެސްޓޯ އިފްތިތާހްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ ތަފާތުތަކާއެކުގައި ވެސް މާލޭގައި އެންމެންނަށް ދިރިއުޅެވޭނެ މަގުފަހިކޮށްދޭން ބޭނުންވާ ކަމަށެެވެ. އަދި ތަސައްވުރަކީ މާލެއަކީ ހުރިހާ ރައްޔިތުންނަށް ވެސް ދިރިއުޅެވޭ އަމާން ތަނަކަށް ހެދުން ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންނަށް ފަސޭހަ ރާސްތާއެއް ނެތްކަން ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ އިންތިހާބުގައި ވާދަކުރާ ހަމައެކަނި ކެންޑިޑޭޓަށްވެ ހުރެވެސް ސާބިތުކަން ދައްކާނެ ކަމަށެވެ. "މި މަގާމަށް އަންހެނަކު ހޮވުމުގެ މުހިންމު ކަމަކީ އަޅުގަނޑަށް 3 ފިރިހެނުންނާ ވާދަކޮށްގެން އަދި އަޅުގަނޑުގެ ހިސްޓްރީ އަކީ އުމުރުން 17 އަހަރުން ފެށިގެން ދަޢުލަތައް ހިދުމަތް ކުރުން. ސާބިތުކަމާއެކު ތެދުވެރިކަމާއެކު މަސައްކަތް ކުރިން. މި ހިސްޓްރީއާއެކު ހޮވިއްޖިއްޔާ އަޅުގަނޑަށް ދިވެހި އަންހެން ދަރިންނަށް އެ ދަސްކޮށްދެވެނީ އަންހެނުންނަށް ދިވެހިރާއްޖޭގައި ކުރިޔަށްދެވިދާނެއޭ" އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވީ މެނިފެސްޓޯ ބިނާކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަން ކުރެއްވި އިރު އެކުލަވައިލެއްވި އެކްޝަން ޕްލޭނާއި ޕީޕީއެމް ޕީއެންސީގެ މެނިފެސްޓޯއަށް ބިނާކޮށް ކަމަށެވެ.

އާޒިމާގެ މެނިފެސްޓޯގައި ހިމެނޭ މައިގަނޑު ކަންތައްތަކަކީ ހިތްހަމަޖެހިގެން ހިނިތުންވުމާއެކު, ގުޅިގެން އެކުގައި ތަރައްގީކުރުމުގައި ބައިވެރިވުން, ގްރޭޓާ މާލޭގެ ކަނޑުފަޅު ފަރުގެ ފުރިހަމަ ނަފާއަށް, ފަޚުރުވެރި އަންހެނުން, އިލްމާއި ހުނަރުގެ ވެށި, 21ވަނަ ޤަރުނަށް ފައްކާ ކުރެވިފައި, ދިވެހިންގެ އިޤްތިޞާދުގެ ވިންދު އަދި ހަމަޖެހިގެން ދިރިއުޅެވޭނެ މާހައުލެއް މިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް