Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޗައިނާއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޗައިނާއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ދެކަނބަލުން މިރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގޕިންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7އިން 12އަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. އަދި މި ދަތުރުފުޅުގައި ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

Advertisement
Ooredoo — Square (box)

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ދަތުރުފުޅެއް ކުރެއްވީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ތުރުކީވިލާތަށެވެ. އެދައުރުފުޅުގައި އެޤައުމުގެ ރައީސާ ބައްދަލުކުރައްވާ ރަސްމީ މަޝްވަރާތައް ބާއްވަވާފައިވެއެވެ. ތުރުކީވިލާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮޕް-28ގައި ބައިވެރިވެވަޑައިގަތުމަށް އެކުވެރި ޢަރަބި ޢިމާރާތް، ޔޫއޭއީއަށްވެސް ވަޑައިގެންފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް