Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކުރީ ސަރުކާރުން އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައިވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން, އެއީ ދިވެހިން ބޭނުންވާ ގޮތެއް ނޫން: ރައީސް

ކުރީ ސަރުކާރުން އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައިވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން, އެއީ ދިވެހިން ބޭނުންވާ ގޮތެއް ނޫން: ރައީސް
ކުރީ ސަރުކާރުން އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައިވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން, އެއީ ދިވެހިން ބޭނުންވާ ގޮތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ. ރައީސް އިޝާރާތް ކުރެއްވީ އިންޑިއާއަށް ކަމަށް ބެލެއެވެ. ކުރީގެ ސަރުކާރުގައި ރައީސް ޞާލިޙް ވަނީ އިންޑިއާއެކު ގާތް ގުޅުމެއް ބާއްވާފައެވެ. މި ސަރުކާރުން ވެރިކަަމަށް އައީ ވެސް އިންޑިއާއާއެކު ކުރީ ސަރުކާރުން ގެންގުޅެމުން އަންނަ ގުޅުމަށް ފާޑު ކިޔަމުންނެވެ. ޗައިނާއަށް ކުރެެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ވަނީ ކުރީގެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރަށްތައް ކިތަންމެ ކުޑަ ނަމަވެސް، އިންޑިއާ ކަނޑުގައި ރާއްޖޭގެ އެކްސްކްލޫސިވް އެކޮނޮމިކް ޒޯން ވަރަށްވެސް ބޮޑު ކަމަށެވެ. "މި ކަނޑުގައި އެއްގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ… އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް." ރައީސް މުއިއްޒު ވިދާޅުވިއެވެ. ރައީސް މުޢިއްޒު ވަނީ ކުރީގެ ސަރުކާރަށް. ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
"މިދިޔަ ސަރުކާރުގެ ދުވަސްވަރުގައި ފެނުނީ، އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައިވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ."

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް