Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސްގެ މަރުހަބާ އާޒިމްއަށް, އެެދިވަޑައިގަތީ ސަރުކާރަށް އެއްބާރުލުން ދެއްވަން

ރައީސްގެ މަރުހަބާ އާޒިމްއަށް, އެެދިވަޑައިގަތީ ސަރުކާރަށް އެއްބާރުލުން ދެއްވަން

މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި -އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، އާދަމް އާޒިމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ބުނީ އާޒިމަށް ފޯނުން ގުޅުއްވާ ރައީސް މުއިއްޒު މަރުހަބާ ދަންނަވާފައިވާ ކަމަށެވެ. ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށާއި އަދި މޭޔަރަށް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަދި ރައްޔިތުން ބޭނުންވާ ކަންކަމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދީގެން މާލެ ސިޓީ ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށްވެސް ރައީސް އޮފީހުން ހާމަކުރެ އެވެ.

Advertisement
Allied — Dhen Online (box)

މިއަދު ހެނދުނު 8 އިން ހަވީރު 5 ޖެހުމާ ހަމައަށް ބޭއްވި އިންތިހާބުގައި މިހާތަނަށް ގުނުނު 52 ވޯޓު ފޮށީގެ ނަތީޖާ ދައްކާ ގޮތުން އާޒިމް ވަނީ 6،000 އަށް ވުރެ ގިނަ ވޯޓު ކާމިޔާބުކުރައްވައިފަ އެވެ. މި އިންތިހާބުގައި ބެހެއްޓީ 55 ވޯޓު ފޮށްޓެވެ.

ޕީއެންސީގެ ކެންޑިޑޭޓު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގެންފައިވަނީ 4،657 ވޯޓެވެ. ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހަށް 2،222 ވޯޓު ލިބިވަޑައިގެންއިރު ޕީއެންއެފްގެ ކެންޑިޑޭޓު ހުސައިން ވަހީދަށް ލިބިވަޑައިގަތީ 1،688 ވޯޓެވެ. އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ޝުއައިބު އަލީއަށް ލިބިވަޑައިގެންފައިވަނީ 113 ވޯޓެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބިފައިވީ ނަމަވެސް ވޯޓުލުމުގެ ހައްގު ބޭނުންކޮށްފައިވަނީ ނިސްބަތުން މަދު ބައެއް ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް