ޚަބަރު ސިޔާސީ

އާޒިމާ ދެއްކެވި ހިތްވަރާއި ސާބިތުކަމަށް ނައިބު ރައީސްގެ ތަޢުރީފް!

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް އާޒިމާ ޝަކޫރަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ތަޢުރީފް ކޮށްފިއެވެ.

Ads by STELCO

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ ޕްރޮގްރެސް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި މާލެސިޓީ މޭޔަރު ކަމަށް ވާދަކުރައްވައި ދެއްކެވި ހިއްވަރާއި ސާބިތުކަމަށް އާޒިމާއަށް‬⁩ މަރުހަބާ ދަންނަވާ ކަމަށެވެ.

އާޒިމާ ދެއްކެވި މިސާލަކީ ސިޔާސީ މައިދާނުގައި ކުރިއަށް ވަޑައިގަންނަވާ އަންހެން ބޭފުޅުންނަށް ފުރިހަމަ ނަމޫނާއެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

މާލެ ސިޓީ މޭޔަރު ހޮވުމަށް އިއްޔެ ބޭއްވި ބައި- އިލެކްޝަން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްއެވެ.

އާޒިމް އިންތިޚާބު ކާމިޔާބު ކުރެއްވީ 45 އިންސައްތަ ވޯޓުންނެވެ. އާޒިމްއާ އެންމެ ކައިރިން ވާދަކުރެއްވި އާޒިމާއަށް ލިބިވަޑައިގެންނެވީ 29 އިންސައްތަ ވޯޓެވެ.

މި އިންތިޚާބުގައި އާޒިމް އާއި އާޒިމާގެ އިތުރުން ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހު އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ހުސައިން ވަހީދު އާއި ޝުއައިބު އަލީ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!