Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ތަފާތުކުރުން ނުގެންގުޅޭނަން، އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް: އާޒިމް

ތަފާތުކުރުން ނުގެންގުޅޭނަން، އަޅުގަނޑު ވާނީ އެންމެންގެ މޭޔަރަކަށް: އާޒިމް

އެއްވެސް ފަރާތަކަށް ތަފާތު ނުކޮށް އެންމެންގެ މޭޔަރެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ކަމަށް މާލެސިޓީ މޭޔަރުކަމަށް އިންތިހާބުވި އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެކްސްގައި އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިތުބާރުކޮށް، މާލެސިޓީގެ މޭޔަރުކަމަށް އިންތިހާބުކޮށްދެއްވީތީ ޝުކުރުދަންނަވާ ކަމަށެވެ.

އަދި އެއްވެސް ފަރާތަކަށް ތަފާތު ނުކުރާނެ ކަމަށާއި މާލޭ ރަށްވެހިން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަދި މާލެ ޒިޔާރާތްކުރާ ފަރާތްތަކަށް ފެހި ތަނަވަސް މާލެއެއް ހޯދައިދިނުމުގެ މަސައްކަތް މިހާރު ފެށުނީ ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/adamazim/status/1746415361564807437?s=61&t=lzNY-0F5KPWFWHECw21Ciw

އާޒިމް އިންތިޚާބު ކާމިޔާބު ކުރެއްވީ 45 އިންސައްތަ ވޯޓުންނެވެ. އާޒިމްއާ އެންމެ ކައިރިން ވާދަކުރެއްވި ޕީއެންސީގެ ކެންޑީޑޭޓް އާޒިމާ ޝުކޫރަށް ލިބިވަޑައިގެންނެވީ 29 އިންސައްތަ ވޯޓެވެ.

މި އިންތިޚާބުގައި އާޒިމް އާއި އާޒިމާގެ އިތުރުން ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހު އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ހުސައިން ވަހީދު އާއި ޝުއައިބު އަލީއެވެ.

މާލެ ސިޓީގެ މޭޔަރު އިންތިޚާބު ބޭއްވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ޑރ.މުހައްމަދު މުއިއްޒު ހޮވިވަޑައިގަތުމާ ގުޅިގެން މޭޔަރުގެ މަޤާމުން އެމަނިކުފާނު އިސްތިއުފާދެއްވުމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް