ޚަބަރު

ޓެޓޫ ޖެހުން އިސްލާމް ދީނުގައި ހަރާމް ކަމަށް ރާއްޖޭގެ ފަތުވާ ކޮމިޓީން ފަތުވާއެއް ނެރެފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހަށިގަނޑުގެ އެއްވެސް ތަނެއްގައި ޓެޓޫ ޖެހުމަކީ ހަރާމް ކަމެއް ކަމަށްބުނެ އިސްލާމީ ފަތުވާ އެންމެ މަތީ މަޖިލީސް ފަތުވާއެއް ނެރުއްވައިފިއެވެ.

Ads by STELCO

ޓެޓޫ ޖެހުމުގެ ހުކުމާއި ގުޅޭގޮތުން ފަތުވާ މަޖިލީސް އިން މިއަދު ނެރުނު ބަޔާނުގައިި ވަނީ ހަށިގަނޑުގެ އެތަންމިތަނުގައި ޓެޓޫގެ ގޮތުގައި، ލިޔުންތަކާއި، ދޫންޏާއި، ހަޔަވާނުތަކުގެ ސޫރަ ތަކާއި، އިންސާނުންގެ ސޫރަތަކާއި އެނޫންވެސް އެކިވައްތަރު ވައްތަރުގެ ނިޝާންތައް ކުރަހާފައި ބެހެއްޓުމުގެ ޝަރުއީ ހުކުމް އާއްމު ކުރައްވާފައެވެ.

"ހަށިގަނޑުގެ އެއްވެސް ތަނެއްގައި، އެއްވެސް ސިފައެއްގައި ޓެޓޫ ޖަހާފައި ބެހެއްޓުމަކީ، ހުއްދަ ނޫނޫން ހަރާމް ކަމެެއް ކަމުގަ އެވެ. އެއީ, މިކަމަކީ މާތްﷲ ހައްދަވާފައިވާ ގޮތް ބަދަލުކުރުން ކަމަށްވާތީ އާއި ޓެޓޫ ޖަހާފައިވާ ތަނަކީ ނަޖިސް ތަނެއް ކަމުގައި އިލްމުވެރިން ވިދާޅުވާތީ،" ފަތުވާގައިވެ އެވެ.

ފަތުވާ ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން މި މައްސަލަ ކީރިތި ގުރްއާނާއި، ކީރިތިރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ ބަސްފުޅުތަކާއި، ބުއްދީގެ ހަމަތަކުގެ އަލީގައި ދިރާސާކުރުމުން އެނގި ހާމަވީ، ހަށިގަނޑުގެ އެއްވެސް ތަނެއްގައި، އެއްވެސް ސިފައެއްގައި ޓެޓޫ ޖަހާފައި ބެހެއްޓުމަކީ، ހުއްދަނޫން ހަރާމްކަމެއް ކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!