ޚަބަރު

މާރިޗް 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން އެދިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މާރިޗް މަހުގެ 15ގެ ކުރިން އިންޑިއާގެ ސިފައިން ބާލަން ސަރުކާރުން ރަސްމީކޮށް އިންޑިއާއަށް އަންގައިފިއެވެ.

Ads by STELCO

މިކަން ހާމަކޮށްފައިވަނީ މިހާރު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމެވުންތައް ހާމަކުރަން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ނާޒިމް ވިދާޅުވީ, މާރިޗް 15ގެ ކުރިން އިންޑިއާ ސިފައިން ބާލަން މިހާރު ކުރިޔަށްދާ އިންޑިއާ އަދި ރާއްޖޭގެ ހައި ލެވެލް ޓާސްކް ފޯސްގައި އެދިލައްވާފައިވާ ކަމަށެވެ.

އިންޑިއާ އަދި ރާއްޖޭގެ އިސް އޮފިޝަލުން ހިމެނޭހެން އިންޑިއާ ސިފައިންގެ މައްސަލައިގައި ފޮރިން މިނިސްޓްރީގައި މިހާރު ވެސް ބައްދަލުވުމެއް ކުރިޔަށް އެބަދެއެވެ.

"މި ބައްދަލުވުމަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާޗް 15، ގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލައި ނިންމުމަށް ވަނީ ހުށަހަޅުއްވައިފަ. ސަރުކާރުން، ރައީސް އޮފީހުން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުވުމުގެ އެޖެންޑާއަށް މި ދެންނެވި ތާރީހު ހުށަހަޅުއްވާފަ. އެ މަޝްވަރާތައް މި ދެންނެވި ބައްދަލުވުމުގައި މިހާރު ކުރިއަށްދަނީ،" ނާޒިމް ވިދާޅުވީ, ރައީސްގެ އެދިލެއްވީ އެއްވެސް މަސައްކަތެއް ކުރުމުގައި ސިފައިން ހަރަކާތްތެރި ނުވުމަށެވެ.

"ޑޯނިއާ އޮޕަރޭޓް ކުރުމާއި މިފަދަ ކަންކަމުގައި ވިޔަސް, މިލިޓަރީ ބޭފުޅުން ތިއްބެވިނަމަ, މިލިޓަރީ ބޭފުޅުން މި ޤައުމު ދޫކޮށް ދާން ޖެހޭނެ ކަމަށާއި, އެކަން ކުރުމުގައި ސިވިލިއަން ތިބުން އެންމެ ރަނގަޅު ކަަމަށް މަޝްވަރާ ކުރެވިގެންދަނީ"

ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ހާމަ ކުރައްވާފައެވެ. އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގެ މަސައްކަތް ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Ads by Ooredoo
  1. އެއްލާލާ

    އިންޑިއާ ހެލިކޮޕްޓަރުގަނޑު ކަނޑު ފައްތާ އިންޑިއާ ހެލިކޮޕްޓަރުގަނޑު ކަނޑު ފައްތާ އިންޑިއާ ހެލިކޮޕްޓަރުގަނޑު ކަނޑު ފައްތާ އިންޑިއާ ހެލިކޮޕްޓަރުގަނޑު ކަނޑު ފައްތާ އިންޑިއާ ހެލިކޮޕްޓަރުގަނޑު ކަނޑު ފައްތާ އިންޑިއާ ހެލިކޮޕްޓަރުގަނޑު ކަނޑު ފައްތާ އިންޑިއާ ހެލިކޮޕްޓަރުގަނޑު ކަނޑު ފައްތާ

  2. ޖައްސާތި

    ރިޔާސީ ބަޔާން އިއްވަން ކޮންމެހެން މަޖްލީހަށް ރައީސް ދާން ނުޖެހޭނެއޭ ބަދަލުގައި ރައީސް އޮފީހުގައި އިންނަވައިގެން ތަންކޮޅެއް ލޯ ޕްރޮފައިލް ކޮށް މިކަންކުރުމުން އެމްޑީޕީ އަދި އިންޑިއާ އަށް ރަނގަޅަށް އަލާފިލާނީ އަދި ކެނެރީގެ ނަޝީދަށް ރަނގަޅު ފިލާވަޅެއް އެއިރުން ނަގާދެވި އެފަދަ ދަށް ފަންތިން ދަކިއްލިތަޅާ ކިޔަވައިގެން އައިސް ތިބި ކަނޑުކޮހުންނާއި ސައެންސް ސަބްޖެކްޓް ކިޔަވައިގެން ތިބި އިންޖިނިއަތުންނާއި ވާދަ ނުކުރެވޭނެ ކަން އޭނާ އަށް އަންގަން ޖެހޭނެއަެ