Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިސްލާމީ މުހިންމު ދުވަސްތައް ހުރިހާ ރަށެއްގައި ކުލަގަދަކޮށް ފާހަގަ ކުރަނީ

އިސްލާމީ މުހިންމު ދުވަސްތައް ހުރިހާ ރަށެއްގައި ކުލަގަދަކޮށް ފާހަގަ ކުރަނީ

އިސްލާމީ މުހިއްމު މުނާސަބަތުތައް ގައުމީ ފެންވަރެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާހަގަކުރަން ސަރުކާރުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރެވިފައިވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައެވެ.

މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގެ ތަފުސީލުތައް ދެއްވަމުން ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ, ރަށްރަށުގެ ކައުންސިލްތަކާއި ޖަމާއަތްތަކާއި ގުޅިގެން އިސްލާމީ މުހިންމު ދުވަސްތައް ކުލަ ގަދަކޮށް ފާހަގަ ކުރަން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެގޮތުން ދެ އީދު ދެ ދުވަހާއި, ރާއްޖެ އިސްލާމްވީ ދުވަހާއި ރޯދަ މަސް ފަދަ ދުވަސްތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ފާހަގަ ކުރަން މަޝްވަރާ ކުރެވުނު ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް