Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިންފްލުއެންޒާ ޖެހިގެން ޒުވާނަކު މަރުވެ, ތިން ޒުވާނުން ވެންޓިލޭޓަރުގައި

އިންފްލުއެންޒާ ޖެހިގެން ޒުވާނަކު މަރުވެ, ތިން ޒުވާނުން ވެންޓިލޭޓަރުގައި

އިންފްލެއެންޒާ އޭގެ ބާވަތެއް  ކަމަށްވާ "އޭ އެޗް1އެން1" ޖެހިގެން ރާއްޖެއިންމީހަކު މަރުވެއްޖެއެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު އަލީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި "އޭ އެޗް1އެން1" ފެތުރޭތާ ހަފުތާތަކެއް ވެފައިވާ ކަމަށެވެ. އެ ބަލި ޖެހުމުގެ ސަބަބުން ނިއުމޯނިއާއަށް ހުށަހެޅުނު ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"30 ދުވަހުގެ ތެރޭގައި އެ ބަލި ޖެހިގެން އެކަކު ވަނީ މަރުވެފަ،" ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ޑރ. މުހައްމަދު އަލީ ވިދާޅުވީ، އިންފްލެއެންޒާ ފެތުރުނު ނަމަވެސް، ޕެންޑަމިކަކަށް ބަދަލުވުން ދުރު ކަމަށެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވީ, އިންފްލުއެންޒާ ޖެހި ފުރާނައަށް ނުރައްކާ ހިސާބަށް ދިއުމުން ރައްކާތެރިވުމަށް، ވެކްސިން ޖެހުން މުހިންމު ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް