އަނަސްގެ މަރު:އާއިލާއިން އެންމެ ފަހުން ބައްދަލުވީ ކޮއްކޮއާ، ބޮޑީ ސްޕްރޭ ޖަހާކަށް ދެން ނާދެވޭނެ ކަމަށް ބުނި

ސިކުންތު ކޮޅެއްގެ ތެރޭގައި ގައިގެ 24 ތަނަކަށް ތޫނު ހަންޖަރުތައް ހަރައިލިއިރު ސީސީޓީވީ ކެމެރާތަކަށް ހުރީ ހުރިހާ މަންޒަރެއް ރިކޯޑްވެފައެވެ. އެތައް ބައެއްގެ ލޯ ކުރިމަތީ ކޮށައިލިއިރު އެއީ އިންސާނުން ބާއޭ، އިންސާނަކަށް އެވަރު ކޮށްލަން ކެރުނުބާއޭ ހިތަށް އެރިއެވެ. ހަމަލާއިން ދިފާއުވުމަށް ލިޓަސް ޝޯ ރޫމަށް އޭނާ ދުވެފައި ވަނީ އެއީ ރައްކާތެރިވެވިދާނެ ގޮތެއް ކަމަށް އުއްމީދުކޮށްގެން ކަމަށް ވެސް ވެދާނެއެވެ. އެހެން ނަމަވެސް މަދު ސިކުންތުކޮޅެއްްގެ ތެރޭ ލެއިން "ތަތްތެޅިފައިވާ" ހަށިގަނޑު ބިންމައްޗަށް ވައްޓައިލީ ބައްޕައެއްގެ ހުރި ހަމައެކަނި ފިިރިހެން ދަރިއެވެ. އާއިލާގެ މުގުލެވެ. ކޮއްކޮމެންގެ ލޯބިވާ ދޮންބެއެކެވެ. މަންމައެއްގެ ދެލޮލުގެ ކޮއެވެ. ހިތްވަރު ގަދަ ކައްޕިތާނެކެވެ. ލޮބުވެތި އެކުވެރިއެކެވެ.
ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރާ އެކު މީދޫގައި ކުއްލި ސިހުމެއް ނުލިބޭ ހަމަ އެކަކު ވެސް ނެތެވެ. ކަރުނައިން ފޯ ނުވާ އެންމެ ލޮލެއް ވެސް ނެތެވެ.
ރަހުމުގެ ޒައްރެއްގެ މިންވަރު ވެސް ނެތި އަނަސްގެ ހަށިގަނޑު "ކޮށައިލި" މައްސަލައިގައި 7 މީހެއްގެ މައްޗައް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. އެއީ އަނަސްއަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ދައުވާ ލިބޭ ތިން މީހުންކަމުގައިވާ ޅ. ކުރެންދޫ އަސުރުމާގޭ، އަޙްމަދު ޒަޔާނާއި، މ. ދިމިޝްގު، އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ، އަފްރާހު އަބްދުއްރައްޒާޤްގެ އިތުރުން އިތުރުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ 4 މީހުންކަމުގައިވާ ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު ޢަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ، ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ، މުޙައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާއެވެ.
[caption id="attachment_106994" align="alignnone" width="490"]
ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް[/caption]
އަނަސްއަށް އިންސާފު ހޯދައި ދިނުމަށް މީދޫގައި ބޭއްވި އިވެންޓެއްގެ ތެރެއިން އަނަސްގެ ބައްޕައާއި ކޮއްކޮ/ ފޮޓޯ ނާޝިތުސް ފޮޓޯސް[/caption]
އަނަސްއަށް އިންސާފު ހޯދައި ދިނުމަށް މީދޫގައި ބޭއްވި އިވެންޓެއްގެ ތެރެއިން / ފޮޓޯ ނާޝިތުސް ފޮޓޯސް[/caption]
ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް[/caption]
އެއީ އާއިލާގެ "މުގޫ"
"އެއީ ހަމައެކަނި ދޮންބެއެއް ނޫން. އެއީ އެންމެގާތް އެކުވެރިޔާ. ވަރަށް ކެއަރ ކުރާނެ" އަނަސްއާ ބެހޭގޮތުން އަހައިލުމުން އަނަސްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އީނާޝް ރާފިއު ބުނީ މިހެންނެވެ. އަނަސްއާ އެކު އެ އާއިލާގައި ތިބެނީ 3 ކުދިންނެވެ. އެއީ އަނަސްއާއި އޭނާގެ ހަގަށް ތިބި ދެ ކުދިންނެވެ. އަނަސްއަށް ހަމަލާ ދިން އިރު އޭނާގެ ދެ ކޮއްކޮ ވެސް ތިބީ މާލޭގައެވެ. އެހެން ނަމަވެސް ދެބެން ދެ ގޭގައި އުޅޭތީ އީނާޝްއަށް ވުރެ ފަހުން އަނަސްއާ ދިމާވީ އެންމެ ހަގު ކޮއްކޮއާކަމަށް އީނާޝް ބުންޏެވެ. "ކޮއްކޮއާ އެންމެ ފަހުން ދިމާވެފަ އިންނާނީ. އަޅުގަނޑާ ދިމާވީ ޖުލައި 30ވަނަ ދުވަހު، ވަރަށް ސަޕްރައިޒްވި ކުއްލިއަކަށް އައީ ވެސް. ދެން އެރޭ ގޭގަ މަޑުކުރަން ބުނިން. ދޮންބެ ބުނީ މާދަން ވަރަށް އަވަހަށް ފުރަން ޖެހެއޭ. އެހެންވެ ދާނީއޭ" އީނާޝް ބުންޏެވެ. އީނާޝް ބުނިގޮތުގައި އެއީ އީނާޝްއަށް ދިރި ހުއްޓސެި އަނަސް ފެނުނު އެންމެ ފަހު ފަހަރެވެ. އެރޭ އެހެން ބުނުމަށް ފަހު އަނެއް ދުވަހު ފުރައިގެން ދިޔައީ ކަމަށް ހީކޮށްގެން ހުއްޓާ އޭގެ އަނެއް ރޭ އީނާޝްގެ ކޮއްކޮގެ ފޯނުކޯލް ލިބުނީ 10 ޖަހަން ކައިރިވެފައި ހުއްޓައެވެ. ދޮންބެއަށް ވަޅިން ހަމަލާ ދިންކަމަށް ކޮއްކޮ ބުނި ނަމަވެސް އަސްލު ހީކުރީ ދޮންބެއަށް ލިބުނީ ކުޑަ އަނިޔާއެއްކަމަށް ހީކުރެވުނު ނަމަވެސް ދެން ބައްދަލު ނުވާނެކަމަށް އުއްމީދު ވެސް ނުކުރާކަމަށް އީނާޝް ބުންޏެވެ. "10 ޖަހަނިކޮށް ހޮސްޕިޓަލަށް ދެވުނީ. ހީކުރީ ދެން ކުޑަ އަނިޔާއެއްކަމަށް. އެކަމަކު ނިޔާނުވާކަމަށް މީހުން ކައިރި ބުނި ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ދޮޮންބެ ވަނީ ނިޔާވެފަ" އަސަރާ އެކު އީނާޝް ބުންޏެވެ. އީނާޝް ބުނިގޮތުގައި އެ ދުވަހު އަނަސް އުޅުނީ އޭނާގެ އެންމެ ހަގު ކޮއްކޮ ގާތުގައެވެ. އަދި އެ ދުވަހު ގަތް ޓީޝާޓެއް ލައިގެން ގަޔަށް ބޮޑީ ސްޕްރޭ ޖަހަމުން "ދެން މި ޖަހާކަށް ނާދެވޭނޭ" އަނަސް ބުނިކަމަށް ވެއެވެ. [caption id="attachment_106999" align="alignnone" width="720"]
އަނަސްއަށް އިންސާފު ހޯދައި ދިނުމަށް މީދޫގައި ބޭއްވި އިވެންޓެއްގެ ތެރެއިން އަނަސްގެ ބައްޕައާއި ކޮއްކޮ/ ފޮޓޯ ނާޝިތުސް ފޮޓޯސް[/caption]
އިންސާފު ހޯދަން ކުރާ ދަތުރު
އަނަސްއަށް އިންސާފު ހޯދައިދިނުމަށް އަނަސްގެ އާއިލާއާއި މީދޫގެ ރައްޔިތުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަކީ ފާހަގަކޮށްލެވޭ ތަފާތު މަސައްކަތަކެވެ. "އެންމެ ފުރަތަމަ ބޭއްވި އިވެންޓެއް އަނަސް މަރާލިތާ ދެވަނަ ދުވަހު. ރަށުގެ ކުދި ބޮޑު ރައްޔިތުން ބައިވެރިވި. ޝުއޫރުތަކާ އެކު ސަރުކާރަށް ވަރަށް ބޮޑު ޕްރެޝަރއަކަށްވީ އެއިވެންޓް" އާއިލާގެ ފަރާތުން އަނަސްއަށް އިންސާފު ހޯދައިދިނުމަށް އަތުކުރި އޮޅައިލައިގެން ހުރި އަނަސްއާ ދެބެންގެ ދެދަރި ބޭބެ އަބްދުﷲ ޝިހާމް ބުންޏެވެ. އެއަށް ފަހު އެކިއެކި ރަށްރަށުގައި މިފަދަ އިވެންޓްތައް އެހެން ރަށްރަށުގައި ބޭއްވިފައިވާނެ ކަމަށާއި މި ގޮތުން ދުވާފަރާއި މަޑުއްވަރީގައި އިވެންޓްތައް ކުރިއަށް ގެންގޮސްފައިވާނެކަމަށް ޝިހާމް ބުންޏެވެ. މީގެ އިތުރުން ޕެޓިޝަނެއްގައި ސޮއިކޮށްފައި ވާނެކަމަށް ވެސް ޝިހާމް ބުންޏެވެ. ހަމަ އެހެންމެ، ރަށަށް ސަރުކާރުގެ އިސްވެރިން ރަށަށް އަންނަ ދުވަސް ދުވަހު ބެނާތަކާއި ޓީޝާޓްތަކުގައި ހަމަހިމޭން އިހްތިޖާޖް ކުރާކަމަށާއި ރައީސް ޔާމީން ވަޑައިގެންނެވި ދުވަހު ވެސް އަނަސްގެ އެކުވެރިންނާއި އާއިލާާ ނުކުމެ ހިމޭންކަމާ އެކު އިހްތިޖާޖް ކުރިކަމަށް ޝިހާމް ބުންޏެވެ. އަނަސްއަށް އިންސާފު ހޯދައިދިނުމަށް ކުރާ އުނދަގޫ މި ދަތުރުގައި މަރުގެ ތަހްގީގު ކުރިއަށް ދިޔަގޮތް އާއިލާއިން ވަރަށް ގާތުން ބެލިކަ މަށާއި އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސްއާއި ހޯމް މިނިސްޓަރގެ އިތުރުން އޭރުގެ ޕީޖީއާ ވެސް ދެފަހަރު ބައްދަލުކޮށްފައިވާނެކަމަށް ޝިހާމް ބުންޏެވެ. "އޭރުގެ ޕީޖީއާ ދެ ފަހަރު ބައްދަލު ކުރިން. ކަންބޮޑުވުންތައް ހިއްސާކުރިން. އުއްމީދީ ޖަވާބެއް ލިބުނު ނަމަވެސް ފަހުން ޚސބަރެއް ނުވޭ. ޝަރީއަތް ލަސްވާތީ ކްރިމިނަލް ކޯޓަށް ކަންބޮޑުވުންތަކާ އެކު ސިޓީ ލީން. މިހާރުގެ ޕީޖީއާ ވެސް ބައްދަލުކުރިން. ރައީސް ޞާލިހްއާ ވެސް ބައްދަލުކުރިން. މަރު ކޮމިޝަނަށް އެންމެ ފުރަތަމަ ލީވެސް މިމައްސަލަކަންނޭނގެ." އިންސާފަށް އެދި ކުރަމުންދާ މަސައްކަތް "ދެން"އާ ހިއްސާ ކުރަމުން ޝިހާމް ބުންޏެވެ. "މައްސަލައިގެ ކަންކަން ދާގޮތުން އޭސީޕީ ރިޔާޒްއާއި އާއިލާއިން ބައްދަލުކޮށް ކަންބޮޑުވުން ހިއްސާކުރިން އުއްމީދީ ޖަވާބެއް ލިބުނު. ނަންބަރު ނަގާ ކަންކަން ކުރި. އެކަމު ފަހުން އެއްވެސް ހަބަރެއް ނުވޭ. ޖުވެނަލް ކޯޓުން އެކަކު ދޫ ވެސް ކޮށްލައިފި. އިސްތިއުނާފެއް ނުކުރި ދައުލަތުންނެއް. އުއްމީދު ކުރިން ކުރާނެކަމަށް. އެހެން ވިދާޅުވި އެކަމަކު އަދިވެސް ނުކުރޭ" ކަންބޮޑުވުމާއެކު ޝިހާމް ބުންޏެވެ. [caption id="attachment_107000" align="alignnone" width="960"]
އަނަސްއަށް އިންސާފު ހޯދައި ދިނުމަށް މީދޫގައި ބޭއްވި އިވެންޓެއްގެ ތެރެއިން / ފޮޓޯ ނާޝިތުސް ފޮޓޯސް[/caption]






ކޮމެންޓް