Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިސްރަށްވެހިންނަށް ހާއްސަ ކްލިނިކެއް ހުޅުވައިފި

އިސްރަށްވެހިންނަށް ހާއްސަ ކްލިނިކެއް ހުޅުވައިފި

އިސްރަށްވެހިންނަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗްގައި ހުޅުވައިފިއެވެ.

މި ހިދުމަތް ތައާރަފް ކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވީ މި ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން އެކަމާ ގުޅޭގޮތުން އަވަށްޓެރި އެހެން ޤައުމުތަކާއި ވާހަކަދައްކަމުން އަންނަ ކަމަށެވެ.

އަދި އެ ކްލިނިކްގެ ޒަރިއްޔާއިން އިސްރަށްވެހިންނަށް ހާއްސަ ސަމާލުކަމެއް ދީ އެ ފަރާތްތައް ހާއްސަ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އިތުރު މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އިސްރަށްވެހީންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތަކީ ރައީސް ޑރ. މުއިއްޒުގެ ހަފްތާ-14 މަގުޗާޓުގައި ވެސް ހިމެނޭ ކަމެކެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް