އަދާލަތުން މަޖިލިސްއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މަޖިލިސް އިންތިހާބުގައި އަދާލަތުން ވާދަކުރަން ނިންމާފައިވަނީ ހަތަރު ދާއިރާ އަކަށެވެ. އެއީ ވައިކަރަދޫ ދާއިރާ އާއި މަކުނުދޫ ދާއިރާ އާއި އިނގުރައިދޫ ދާއިރާގެ އިތުރުން ފެލިދޫ ދާއިރާއެވެ.
އަދާލަތުން ވަނީ މި ދާއިރާތަކަށް އެ ޕާޓީގެ ޓިކެޓުގައި ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 23 ގެ ކުރިން ފޯމު ހުށަހެޅުމަށް އެދިފައެވެ.
މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.
މަޖިލިސް އިންތިޚާބު އަދާލަތުން ކާމިޔާބުކޮށްފި.