ޚަބަރު ސިޔާސީ

އަހަރު ނިމުނުއިރު ކޮންގްރެސް ޕާޓީގައި 28,201 މެންބަރުން!

އައިކާ ޔުނާން ، ދެން އޮންލައިން

ވެރިކަން ކުރާ މައި ޕާޓީ, ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި މިދިޔަ އަހަރު ނިމުނުއިރު 28,201 މެންބަރުން ތިބި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

Ads by STELCO

ދައުލަތުގެ ހަރަދުގައި ފައިސާ ލިބޭ ޕާޓީތައް އާންމުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައިވާ ގޮތުގައި ޕީއެންސީއަކީ މިވަގުތު ތިން ވަނައަށް އެންމެ މެންބަރުން ގިނަ ޕާޓީ އެވެ.

އެ ޕާޓީގައި މިދިޔަ ފެބްރުއަރީ 21 ގެ ނިޔަލަށް ތިބީ 3،159 މެމްބަރުންނެވެ. އެކަމަކު، ޕާޓީން ވެރިކަމަށް އައުމަށްފަހު އެންމެ ބޮޑު ޕާޓީއަށް ހެދުމުގެ އަޒުމުގައި ޕީއެންސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ހިންގަން ފަށައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންތަކެއް ޕީޕީއެމަށް ސޮއިކުރަން މިދިޔަ އަހަރުފަހުކޮޅު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވަނީ އެ ޕާޓީ ވެރިކަމަށް އައިއިރު އެ ޕާޓީގައި ތިބީ 3،000 މެމްބަރުން ކަމަށް ވިޔަސް، މިހާރު އެ ޕާޓީގައި 40،000 އަށް ވުރެ ގިނަ މެމްބަރުން ފޯމު ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދިވެސް އެންމެ މެންބަރުން ގިނަ ޕާޓީއަކީ އެމްޑީޕީ އެވެ. އެ ޕާޓީގައި 52,142 މެންބަރުން ތިބިއިރު މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 3000 މެންބަރުންގެ ދަށް ވުމެކެވެ.

ދެ ވަނަ އަށް މެންބަރުން އެންމެ ގިނައީ ޕީޕީއެމްގަ އެވެ. އެ ޕާޓީގައި އަހަރު ނިމުނުއިރު 26,223 މެންބަރުން ތިބިއިރު މިއީ މިދިޔަ އަހަރަށް ވުރެ އިތުރު އަދަދެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!