ޚަބަރު

ދުންޔާގެ ކެންޕެއިންގައި ވަޒީރު ޒަމީރު ބައިވެރިވެ ވަޑައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ ކޮންގްރެސް ޕާޓީގެ ޓިކެޓަށް ވާދަ ކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ ކެންޕެއިން ހަރަކާތުގައި މިސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެ ވަޑައިގެންފިއެވެ.

Ads by Sosun Fihaara

ދުންޔާ ގެންދަވަނީ ކޮންމެ ދުވަހަކު ވެސް ކެންޕެއިން ގިނަ ހަރަކާތްތަކެއް ހުޅުމާލޭގައި ބާއްވަމުންނެވެ. އެގޮތުން ސައިކަލު ބުރާއި ގޭގެއަށް ގޮސް ޒިޔާރަތް ކުރުމާއި ކަންމަތީ ޖަލްސާތައް ހިމެނެއެވެ.

މިއަދު ކެންޕެއިންގައި ދުންޔާ ވަނީ ދޮރުން ދޮރުން ހިންގަވާފައެވެ. ހުޅުމާލޭގެ ދެކުނު ދާއިިރާގެ ގެތަކަށް ދުންޔާ ވަޑައިގެންނެވިއިރު އަރިހުގައި ވަޒީރު ވަޑައިގެންނެވިއެވެ. ދުންޔާ ވަނީ ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާފައެވެ.

މިއަދުގެ ކެންޕެއިން ހަރަކާތަށްފަހު ދުންޔާ އެކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, މިއަދުގެ ހަރަކާތުގައި މިނިސްޓަރު ޒަމީރު ބައިވެރިވެ ލެއްވުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ގިނަ މެންބަރުންތަކެއް ދުންޔާއަށް ތާއީދު ކުރައްވަން ނިންމަވާފައިވާތީ އެކަމަށް ދުންޔާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ޕީޕިއެމް/ޕީއެންސީ ޕްރައިމަރީގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ދުންޔާއާ އިތުުރު ފަސް ފަރާތަކުން ވާދަ ކުރެއެވެ. ދުންޔާގެ ކެނޑިޑޭޓް ނަންބަރަކީ ތިނެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!