Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޑޮލަރުގެ ބިޔަ ކަޅު ބާޒާރެއް އެބައޮތް, ޑޮލަރު ރޭޓް ހަމައަކަށް އަޅުވާނަން: ސައީދު

ޑޮލަރުގެ ބިޔަ ކަޅު ބާޒާރެއް އެބައޮތް, ޑޮލަރު ރޭޓް ހަމައަކަށް އަޅުވާނަން: ސައީދު
ޔޫއެސް ޑޮލަރުގެ ބްލެކް މާކެޓެއް ރާއްޖޭގައި އެބައޮތް ކަމަށާއި އެކަން ހަމަޔަކަށް އަޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ''އަހާ'' ގެ ނަމުގައި އާންމު ރައްޔިތުންނަށް ވަޒީރުންނާ ސުވާލުކުރުމަށް ފުރުސަތު ހުޅުވާލައިގެން ބާއްވާ ސިލްސިލާ ފޯރަމްގެ ފުރަތަމަ ފޯރަމްގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ގުޅޭ ގޮތުން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ކުދި ވިޔަފާރިތަކަށް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ ޑޮލަރުގެ މައްސަލަ ކަމަށެވެ. އެއީ ބޮޑު އަގުގައި ޑޮލަރު ގަންނަން ޖެހުމެވެ.
ބްލެކް މާކެޓެއް އެބައޮތް އުފެދިފައި. ރަސްމީ މާކެޓުގައި އަދި 15.42 ގައި ހުއްޓަސް ވަރަށް ބޮޑު ބްލެކް މާކެޓެއް އެބައޮތް މި ހަގީގަތް އަޅުގަނޑުމެން އެބަޖެހޭ ކުރިމަތިލާން.
މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. ''..އެކްސްޗޭންޖެ ރޭޓް ހަމަޔަކަށް އެޅުވުމުގެ މަސައްކަރް ކުރާނަން. މިހާރުވެސް އެ މަސައްކަތް ވަނީ ފަށާފައި'' ސައީދު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެެރިކަމާއި ހަވާލުވިއިރު ކުދި ވިޔަފާރާތިތަކަށް ދޭން ޖެހޭ ހަތް ބިލިއަން ރުފިޔާ ނުދެވި އޮތް ކަމަށެވެ. އޭގެ ތެރެއިން މިހާރު އެ އަދަދު 3.5 ބިލިއަނަށް ކުޑަކުރެވިފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. ސަރުކާރުގެ ދަރަނި 122 ބިލިއަނަށް ރުފިޔާއަށް އަރާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކާއި ބޭރުގެ އެހީއާއި އެކު ކުދި ވިޔަފާރިތަކަށް ލޯނުތަކެއް ރާވަމުންދާ ކަމަށާއި އެގޮތުން އަންހެނުންނަށް ހާއްސަކޮށްގެން 50 މިލިއަނާއި 100 މިލިއަނުގެ ގްރާންޓެއް ހަމަޖެއްސުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. ސަރުކާރުން ދަނީ ''ކްރިއެޓާ އިކޮނިމީ'' ހަބެއް ގާއިމްކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މިނިސްޓަރު ވިދާޅުވީ އެތަން އިމާރާތް ކުރުމުގެ ފައިސާ ހަމަޖެހިފައިވާ ކަމަށާއި، އެ ހަބް މެދުވެރިކޮށް ޒުވާން ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އީޖާދީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެ ކަމަށެވެ. އެތަނުގައި ވަސީލަތްތައްވެސް ގާއިމްކޮށްފައިވާނެކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ދިވެހި ކޮންޓެންޓް ކްރިއޭޝަނަށް ހާއްސަ ފައިސާގެ ސްކީމެއް ދޫކުރުމަށްވެސް ރާވާފައިވާ ކަމަށެވެ. ''ރައީސް މުއިއްޒުގެ ވިސްނުންފުޅު އެބަހުރި ކްރެއޭޓިވް އިންޑަސްޓްރީ ކްރިއޭޓާ އިކޮނޮމީ ގާއިމްކުރުން، ޒުވާނުންނާ އަލަށް ވިޔަފާރިއަށް ވަންނަ ފަރާތްތަކަށް ލުއި ގޮތްތަކެއްގައި ފުރުސަތު ދޭން'' މިނިސްޓަރު ވިދާޅުވިއެވެ.  

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް