Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަޖިލިސްތެރެއިން ލިބުނު އަނިޔާގެ ފަރުވާއަށް މެންބަރު ޝަހީމް އޭޑީކޭއަށް!

މަޖިލިސްތެރެއިން ލިބުނު އަނިޔާގެ ފަރުވާއަށް މެންބަރު ޝަހީމް އޭޑީކޭއަށް!

ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމުމުން، މަޖިލިސް ތެރޭ ހިނގައިދިޔަ ހަމަނުޖެހުމުގައި އަނިޔާވެ ކަނޑިތީމުގެ ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމަށް އަނިޔާވެ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

ވޯޓަށް އަހަން އޮތް ގޮނޑީގައި ސަރުކާރު މެންބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅައިފައެވެ. އެވަގުތު ރިޔާސަތުގައި އިށީނދެވަޑައިގެން އިންނެވީ މިފަހުން އެމްޑީޕީ ދޫކޮށް ޕީއެންސީއާ ގުޅިވަޑައިގެންނެވި ޝަހީމެވެ.

ހަމަނުޖެހުން ހިނގާފައިވަނީ ޝަހީމް ރިޔާސަތުން ދުރުކުރަން އުޅުމުގެ ތެރޭގައި ބެލެވެ އެވެ.

Advertisement
Ooredoo — Square (box)

ބައެއް މެންބަރުން އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަނީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ ފައިގައި، މެންބަރު ޝަހީމް ހިފަހައްޓައި ވައްޓާލާ މަންޒަރެވެ. އެވަގުތު ދެ މެންބަރުން ޗެމްބަރު ކައިރިއަށް ވެއްޓުމުގެ ތެރޭގައި ޝަހީމްގެ ބޮލަށް ވެސް ވަނީ އަނިޔާވެ, ގިނަ އަދަދެއްގެ ލޭ އައިސްފައިވެއެވެ.

އޭގެ އިތުރުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރުގެ އިނގިލި ވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ. މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ޒަރީރަށް އަނިޔާވި މެންބަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ތެރޭގަ އެވެ.

މަޖިލީހުގެ ޖަލްސާ ނިންމާލާފައިނުވާއިރު ސަރުކާރު މެންބަރުން އަދިވެސް ގެންދަވަނީ އަޑުގަދަކުރައްވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް