Wednesday, 4 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ރައީސް އަޒުލު ކުރަން އުޅުމަކީ ޤައުމަށް ޣައްދާރުވާ ބަޔަކު ކުރާނެ ކަމެއް: ޒައިދު

ރައީސް އަޒުލު ކުރަން އުޅުމަކީ ޤައުމަށް ޣައްދާރުވާ ބަޔަކު ކުރާނެ ކަމެއް: ޒައިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލު ކުރަން އުޅުމަކީ ގައުމަށް ޣައްދާރުވާ ބަޔަކު ކުރާނެ ފަދަ ކަމެއް ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒައިދު ވިދާޅުވީ ބޭރު ޤައުމެއްގެ ނުފޫޒުގަޢި ޖެހިގެން، ރާއްޖޭގެ ރައްޔިތުން މިނިވަންކަމާއެކު ހޮވާފައިވާ ރައީސަކު ޢަޒުލު ކުރަން އުޅުމަކީ  ޤައުމަށް ޣައްދާރުވާ މީހުން ކުރާފަދަ ކަމެއް ކަމަށެވެ.

“މިއީ ވަރަށް ނުރައްކާތެރިި ސިގްނަލެއްގެ ފެށުން. ދިވެހި ރައްޔިތުން ވަރަށް ހުށިޔާރުވާންޖެހޭ” ޒައިދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ޒައިދު މިފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް އެމްޑީޕީން އިއްޔެ ސޮއި ހަމަކުރުމާއި ގުޅިގެންނެވެ.

އެކަމަށް ބޭނުންވާ ސޮއި ހަމަކުރީ ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މެންބަރުންނާއެކުއެވެ. މިހާތަނަށް 34 މެމްބަރަކު އެ ގަރާރުގައި ސޮއިކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަޅަން 26 މެމްބަރެއްގެ ސޮއި ބޭނުންވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް