ޕީޖީ ޝަމީމުގެ ސެކިިއުރިޓީ ވަރުގަދަކޮށްފި
ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމަށް ދިން ހަމަލާއާއި ގުޅިގެން އެމްއެންޑީއެފް އިން ޝަމީމުގެ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީޖީ ޝަމީމަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދިޔަ ނަމަވެސް އެމަނިކުފާނުގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
އަދި ހަމަލާއާ ގުޅިގެން އެމްއެންޑީއެފް އިން ޕީޖީ ޝަމީމުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރައްވަމުން ގެންދަވާ ކަމަށާއި މިއަދު ހެނދުނު، ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ޕްރޮސެކިއުޓާ ޖެނެރަލްގެ ހާލު ބައްލަވައިލެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މިއަދު ފަތިހުގެ ވަގުތެއްގައި ޕީޖީ ޝަމީމަށް ހަމަލާދީފައިވަނީ އޭނާ ކަސްރަތަށް ނިކުން ވަގުތު މަރުތޭލަކުން ކަމަށް މަޢުލޫމާތު ލިބެއެވެ. ޝަމީމަށް ހަމަލާދީފައިވަނީ ނޫރު މިސްކިތް ކައިރިންނެވެ.